މަސައްކަތް
ނަންބަރު: (IUL)FDC-HR/1/2020/11
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 19:49
ސުންގަޑި: 03 ސެޕްޓެންބަރު 2020 11:00
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް ފޮޅާ ސާފުކުރާނެ ފަރާތެއް ހޯދުމާ ގުޅޭ

މި ކޯޕަރޭޝަންގެ އޮފީސް ފޮޅާ ސާފުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 31 އޮގަސްޓް 2020 ވަނަ ދުވަހުގެ 9:00 ގެ ކުރިން ތިރީގައިވާ ލިންކަށް ވަޑައިގެން ބިޑަށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އަދި ތިރީގައި މި ދަންނަވާ ތާރީޚުގައި މި ކޯޕަރޭޝަނަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ތަން

ސުންގަޑި

ބިޑް ރެޖިސްޓްރޭޝަން

https://form.jotform.com/Dhiriulhun/bid-registration-form-janitorial

31 އޮގަސްޓް 2020 / 9:00 ގެ ކުރިން

ޕްރީ ބިޑް މީޓިންގ

ފަހި ދިރިއުޅުން ކޯޕަރޭޝަން، 6 ވަނަ ފަންގިފިލާ، ޕޯސްޓް އޮފީސް ބިލްޑިންގ

31 އޮގަސްޓް 2020 / 15:00

ބިޑް ހުށަހެޅުން

ފަހި ދިރިއުޅުން ކޯޕަރޭޝަން، 6 ވަނަ ފަންގިފިލާ، ޕޯސްޓް އޮފީސް ބިލްޑިންގ

3 ސެޕްޓެމްބަރ 2020 / 11:00

 

އަންދާސީ ހިސާބު ހުށަހެޅުއްވުމާ ގުޅޭ:

  • މި ބިޑުގައި ބައިވެރިވެވަޑައިގެންނެވޭނީ ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  • ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން މައުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ވަޑައިގެންނެވޭނީ ކޮންމެ ކުންފުންޏެއްގެ ފަރާތުން ބިޑުގައި ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތަށެވެ.
  • ކޮންމެ ފަރާތެއްވެސް ވަޑައިގަންނަވާއިރު އެބޭފުޅެއްގެ އަމިއްލަ ގަލަމާއި ނޯޓުކަރުދާސް ގެނައުމަށް އެދެމެވެ.
  • މި ބިޑުގެ މައުލޫމާތު ކަރުދާސް ރަޖިސްޓަރީ ކުރައްވާ އީމެއިލަށް ފޮނުވޭނެއެވެ.
  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކު މި ކުންފުނީގެ ހެޑް އޮފީސް (6 ވަނަ ފަންގިފިލާ، ޕޯސްޓް އޮފީސް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު، ކ.މާލެ) ގައެވެ.

 

މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 16:00 ދެމެދު މި ކޯޕަރޭޝަނަށް 3313244 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

27 އޮގަސްޓް 2020