މަސައްކަތް
ނަންބަރު: (IUL)286-MP/286/2020/44
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 03 ސެޕްޓެންބަރު 2020 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫގައި ސަރުކާރުން ތަރައްޤީ ކުރައްވަމުން ގެންދަވާ ޓަރފް ދަނޑުގެ ވަށާފާރު ރޭނުން

ނ.ކެނދިކުޅުދޫ ގައި ސަރުކާރުން ތަރައްޤީ ކުރައްވަމުން ގެންދަވާ ޓާރފް ފުޓްބޯޅަ ދަނޑުގެ ހުޅަނގު ފަރާތު އިންފާރު އަދި  ގޯލް ފެންސް މީގެ އިތުރުން މިހާރު ރާނާފައިވާ،  އިރުމަތީ ފަރާތު ފާރުގައި ހުރި ބައެއްތަންތަން  މިކައުންސިލުން ދޭ ކުރެހުމާއި މިންގަނޑުތަކާއި އެއްގޮތައް  މަރާތު ކުރުމަށާއި ކުރިން ދެންނެވި ފާރު އަމިއްލަ ޚަރަދުގައި ރާނާ ދެފަރާތުގައި ސިމެންތި ޖަހާ ކުލަ ލުމުގެ މަސައްކަތްތައް  ކޮށްދެވޭނެ އަގާއި މުއްދަތު މިކައުންސިލަށް ފޯރުކޮށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 27 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 03  ސެޕްޓެމްބަރ  2020 ވާ ބުރާސްފަތި ދުވަހުގެ 13:00  ކުރިން މިއިދާރާއަށް ވަޑައިގެން ބިޑްގައި ރަޖިސްޓްރީ ވުމަށް ފަހު,   08 ސެޕްޓެމަބަރ 2020 އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރުމަށް ފަހު ،  21 ސެޕްޓެމްބަރ  2020 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން ބިޑް ހުށަހެޅުމަށް ދަންނަވަމެވެ.

               އަދި ދަންނަވަމެވެ. މިބިޑްގެ ރަޖިސްޓްރީ ފީގެ ގޮތުގައި  -/75 ( ހަތްދިހަ ފަހެއް ) ރުފިޔާ މިކައުންސިލަށް ދައްކަންވާނެއެވެ.  މި އިޢުލާން ގެސެޓް ކުރުމާއެކު، މިކަމާއި ގުޅިގެން  މިކައުންސިލްއިން 25,26 , އޮގަސްޓް 2020 ގައި ކުރެވިފައި މިކައުންސިލްގެ  ނަމްބަރ (IUL)286-MP/286/2020/42  އިޢުލާން އާއި  މިކައުންސިލްގެ ނަމްބަރ 286-MP/286/2020/43 ބާތިލް ވާނެއެވެ.

               ވީމާ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ. 

27 އޮގަސްޓް 2020