ކުއްޔަށް ހިފުން
ނަންބަރު: (I (IUL)280-PRO/INDIV/2020/24
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 31 އޮގަސްޓް 2020 11:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގެ މަސައްކަތަށް އަންނަ ފަރާތްތައް ތިބުމަށް ގެއެއް ކުއްޔަށް ހިފުމާ ބެހޭ

    ސަރުކާރުން މިރަށުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބަނދަރުގެ މަސައްކަތަށް އަންނަ މުވައްޒަފުން ތިބުމަށް 3ކޮޓަރި،3 ފާޚާނާ އަދި ސިޓިންގ ރޫމް ހިމެނޭގޮތަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

    ވީމާ، މަތީގައިވާ ޝަރުތުތައް ހަމަވާ ގެއެއް ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކުން 31 އޯގަސްޓް 2020 ވާ ހޯމަދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ، ސިޓީއަކުން އަގުހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

    މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

27 އޮގަސްޓް 2020