ދެންނެވުން
ނަންބަރު: (IUL)374-C/374/2020/98
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 13:03
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭގޭގެ ފުރާޅާއި ޢިމާރާތުން މަގަށް އަންނަ ފެން ހިންދުމުގެ ޤަވާއިދު ހިންގުމުގެ އުޞޫލަށް 3 ވަނަ އިޞްލާޙުގެނައުން.

ގޭގޭގެ ފުރާޅާއި ޢިމާރާތުން މަގަށް އަންނަ ފެން ހިންދުމުގެ ގަވައިދު ހިންގުމުގެ އުޞޫލަށް 3 ވަނަ އިޞްލާޙުގެނައުން.

ގޭގޭގެ ފުރާޅާއި ޢިމާރާތުން މަގަށް އަންނަ ފެން ހިންދުމުގެ ގަވައިދު ހިންގުމުގެ އުޞޫލަށް 3 ވަނަ އިޞްލާޙުގެނެސް 26 އޮގަސްޓް 2020 ގައި ބޭއްވި، ކައުންސިލްގެ މިއަހަރުގެ 23 ވަނަ ޖަލްސާއިން ފާސްކޮށް، މި އިޢުލާނާއެކު ޢާއްމުކުރަމެވެ.

ގޭގޭގެ ފުރާޅާއި ޢިމާރާތުން މަގަށް އަންނަ ފެން ހިންދުމުގެ ގަވައިދު ހިންގުމުގެ އުޞޫލު

 

.01

ތަޢާރަފު

 

(ހ)

މިއީ، ނަމްބަރު: 2014/R-111 " ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ ޤަވާޢިދު" ގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި އެކުލަވާ ލެވިފައިވާ،  "ޢިމާރާތްތަކުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ އުޞޫލު" އެވެ.

(ށ)

ޢިމާރާތްތަކުން މަގުމައްޗަށް އަންނަ ފެން ހިންދުމުގައި ޢަމަލުކުރަންވާނީ މި އުޞޫލުގައިވާ ގޮތުގެ މަތިންނެވެ.

 

(ނ)

މި އުޞޫލަށް ޢާންމުކޮށް ކިޔާނީ " ގޭގޭގެ ފުރާޅާއި ޢިމާރާތުން މަގަށް އަންނަ ފެން ހިންދުމުގެ ގަވައިދު ހިންގުމުގެ އުޞޫލު" އެވެ.

 

02.

ޢަމަލުކުރަން ފަށާ ތާރީޚު

 

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ 2017 އޮކްޓޫބަރު މަހުގެ 1 (އެކެއް) ވަނަ ދުވަހުން ފެށިގެންނެވެ.

03.

މަގަށް ފެން ވެހޭގޮތަށް ހުރުން

 

 

(ހ)

އެއްވެސް ޢިމާރާތެއް މަގަށް ފެންފަހިވާގޮތަށް (މަގަށް ފެންވެހޭގޮތަށް) ހިޔާކުރާނަމަ ހިޔާކުރަންވާނީ އެ ފުރާޅަކުން ފައިބާ ފެން މަގުމައްޗަށް ނުދާނެ ގޮތެއްގެ މަތިންނެވެ.

 

 

(ށ)

މިމާއްދާގެ (ހ)ގައިވާ ފަދައިން ޢިމާރާތެއް މަގަށް ފެންފަހިވާގޮތަށް (މަގަށް ފެންވެހޭގޮތަށް) ހިޔާކުރާނަމަ ޢިމާރާތުގެ އެ ފުރާޅުގައި ދިޔަދޮވި ހަރުކޮށް ހޮޅިގުޅައި ފުރާޅުން ފައިބާ ފެން މަގުމައްޗަށް ނުދާގޮތް ހަދަންވާނެއެވެ. އަދި ދިޔަ ދޮވީގެ ހޮޅިން ފައިބާ ފެންވެސް މަގުމައްޗަށް ގޮސްގެން ނުވާނެއެވެ.

 

 

(ށ)

ޢިމާރާތުގައި ހަދައިފައި ހުންނަ ޓެރަސް، ބެލްކަނީފަދަ ތަންތަނަށް ޖަމާވާ ފެނާއި، އެއާރކޯން ފަދަ ތަކެތިން އުފެދޭ ފެން މަގުމައްޗަށް ފައިބާ ގޮތަށް ނުވަތަ މަގުމައްޗަށް އޮހޭ ގޮތަށް ހުރެގެން ނުވާނެއެވެ.

 

04.

ގޯތީގައި ހުންނަ ޢިމާރާތުން ވެހޭފެން ހިންދުން

 

 

(ހ)

ގޯތީގައި ހަދާފައިވާ ޢިމާރާތް ނުވަތަ ޢިމާރާތްތަކުގެ ފުރާޅުގެ ފެން ހިންދަންވާނީ ގޯތި ތެރެއަށެވެ.  މިދެންނެވިގޮތަށް ގޯތި ތެރެއަށް ފެން ހިންދުމުގައި ގޯތީގައި ބަހައްޓާފައި ހުންނަ ނަރުދަމާ ނިޒާމުގެ  ޖަންކްޝަން ބޭނުން ކޮށްގެން ނުވާނެއެވެ.

 

 

(ށ)

ގޯތީގައި ހަދާފައިވާ ޢިމާރާތް ނުވަތަ ޢިމާރާތްތަކުގެ ފުރާޅުގެ ފެން ގޯތީ ތެރެއަށް ހިންދަން ދަތިވާ ފަރާތްތަކުން ރަށުކައުންސިލަށް ހުށަހެޅުމުން، އެގެއަކާއި ގުޅިފައިވާ މަގު، ނުވަތަ ގޯޅީގައި ފެންހިންދާގޮތަށް ވަޅެއް ނުވަތަ ޖަންކްޝަނެއް ބެހެއްޓުމުގެ ހުއްދަ ދެވިދާނެއެވެ. އަދި މަގުގައި ނުވަތަ ގޯޅީގައި ފެންހިންދުމަށް އެފަދަ އެއްޗެއް ހަދަންވާނީ ކައުންސިލުން ދޭ ނަމޫނާއަކާއި އެއްގޮތަށް ކައުންސިލުން ޤަބޫލުކުރާ ފެންވަރުގައެވެ.

 

 

(ނ)

މި މާއްދާގެ (ށ)ގައިބުނާ ފަރާތަށް ފެން ހިންދޭނެ މަގުފަހިކޮށް ދިނުމުގެ ގޮތުން އެ ގޯއްޗާ ގުޅިފައިވާ މަގު ގޯޅީގައި ފެން ހިންދާގޮތަށް ވަޅެއް ނުވަތަ ޖަންކްޝަނެއް ބެހެއްޓުމުގެ ހުއްދަ ދެވިދާނެއެވެ. ބުނެވިދިޔަގޮތަށް މަގު ގޯޅީގައި ފެން ހިންދުމަށް ބަހައްޓާ ވަޅު ނުވަތަ ޖަންކްޝަން ހަދަންވާނީ ކައުންސިލުން ދޭ ނަމޫނާއާ އެއްގޮތަށް ކައުންސިލުން ގަބޫލުކުރާ ފެންވަރުގައެވެ.

 

 

(ރ)

ޢިމާރާތުގައި ހަދައިފައި ހުންނަ ޓެރަސް ، ބެލްކަނީފަދަ  ތަންތަނަށް ޖަމާވާ ފެނާއި އެއާރކޯންފަދަ ތަކެތިން އުފެދޭ ފެން ހިންދަންވާނީވެސް ގޯތި ތެރެއަށެވެ.  

 

05.

އެހެނިހެންކަންކަން

 

 

(ހ)

މި އުޞޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން، މި އުޞޫލާއި ޚިލާފަށް ހުރި ތަންތަން މި އުޞޫލަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ލަސްވެގެން 06 (ހައެއް) މަސް ދުވަހުގެ ތެރޭގައި ރަނގަޅުކުރަން ވާނެއެވެ.

 

 

(ށ)

 

 

(ނ)

 

 

 

 

 

 

 

(ރ)

 

މިއުޞޫލާ ޚިލާފުވާ ފަރާތްތަކާމެދު " ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ ޤަވާޢިދު" ގެ 6 (ހައެއް) ވަނަ މައްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެއެވެ.

 

 ގޭގޭގެ ފުރާޅުގެ ފެން މަގަށް ނުދާގޮތަށް ހަމަޖެއްސުމުގެ ޤަވާޢިދާއެއްގޮތަށް ޢަމަލުނުކޮށްގެން ނަޞީޙަތް ދިނުމަށްފަހު ޖުރިމަނާކުރާ ކޮންމެ ފަހަރަކު ޖުރިމަނާކުރަންޖެހޭ އެންމެ ކުޑަ ޢަދަދުން ޖުރިމަނާކުރުމާއެކު ޤަވާޢިދާ އެއްގޮތަށް ނުނިންމާހުރި ފުރާޅުގެ ކޮންމެ ދިގު ފޫޓެއް 10/- (ދިހައެއް) ރުފިޔާއިން ޖުރިމަނާކުރުމަށާއި އެގޮތުން ފުރަތަމަ ފަހަރުކުރާ ޖުރިމަނާގެ ޖުމުލަ 1,000/- (އެއްހާސް) ރުފިޔާއަށްވުރެ މައްޗަށް ދާނަމަ 1,000/- (އެއްހާސް) ރުފިޔާއާހަމައަށް ޖުރިމަނާކުރެވިދާނެއެވެ. އަދި މި އުޞޫލާ އެއްގޮތަށް ޢަމަލުނުކުރާ ފަރާތްތަކުގެ މައްސަލައާއި ޖުރިމަނާ ފައިސާ ދައްކަން އަންގާ މުއްދަތުގައި ކައުންސިލަށް ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދުމުގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

މި އުޞޫލާ ޚިލާފަށް ޢަމަލުކުރާ ފަރާތްތައް ކައުންސިލަށް ޙާޟިރުވާން އެންގުމުން ކައުންސިލަށް ޙާޟިރުނުވާ ފަރާތްތައް ކައުންސިލަށް ޙާޟިރުކުރުމުގައި ފުލުހުންގެ އެހީތެރިކަމަށް ކައުންސިލުން އެދެފިނަމަ ފުލުހުން ކައުންސިލަށް ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.

 

 

 

(ބ)

މި އުޞޫލަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން މި އުޞޫލުގެ ސަބަބުން ނުވަތަ މި އުޞޫލާ ގުޅިގެން ނުވަތަ މި އުޞޫލަށް ޢަމަލުކުރުމުގައި ނުކުންނަ އެންމެހާއި މައްސަލަތަކާއި އަދި މި އުޞޫލުގައި ނެތްކަމެއް މެދުވެރިވެއްޖެނަމަ، އެކަމެއް ޙައްލުކުރުމަށް ކައުންސިލުން ފާސްކޮށް ނިންމާ ނިންމުންތައް މި އުޞޫލުގައި ހިމަނަންވާނެއެވެ.

 

ނޯޓް: މި އުޞޫލަށް 3 ވަނަ އިޞްލާޙުގެނައުމަށް ފާސްކުރީ 2020 އޮގަސްޓް 26 ވަނަ ދުވަހު ބޭއްވި، ކައުންސިލްގެ 2020 ވަނަ އަހަރުގެ 23 ވަނަ ޖަލްސާއިންނެވެ.

27 އޮގަސްޓް 2020