މަސައްކަތް
ނަންބަރު: (IUL)311/311/2020/57
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 20:54
ސުންގަޑި: 30 އޮގަސްޓް 2020 13:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި މަސްކަނޑާތަނެއް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ - 2

މިއިދާރާއިން ދައްކާ ނަމޫނާއަކާއި އެއްގޮތަށް މިރަށު ބަނދަރުމަތީ މަސްކަނޑާނެތަނެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)311/311/2020/49 (9 އޯގަސްޓް 2020) ގެ އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 30 އޯގަސްޓް 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގައެވެ. އަދި އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 03 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

24 އޮގަސްޓް 2020