ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-U01/468/2020/149
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 15:15
ސުންގަޑި:
10 ސެޕްޓެންބަރު 2020 10:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފުވައްމުލަކު ސްޓޭޑިއަމްގެ ފުޓްސަލް ދަނޑު ބޮޑުކުރުމާއި ބެހޭ
- ފުވައްމުލަކު ސްޓޭޑިއަމްގެ ފުޓްސަލް ދަނޑު ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 30 އޮގަސްޓު 2020 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00ން ފެށިގެން 03 ސެޕްޓެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އާއި ހަމަޔަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 500.00ރ (ފަސްސަތޭކަ ރުފިޔާ) އެވެ.
- ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 10 ސެޕްޓެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
- މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 09 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 09 ސެޕްޓެންބަރު 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
- މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.
- ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
26 އޮގަސްޓް 2020