ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-CIDS1/471/2020/40
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 15:12
ސުންގަޑި: 15 ސެޕްޓެންބަރު 2020 23:59
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ބިލްޑިންގ ކޯޑު ކޮމްޕްލައަންސް ޑޮކިއުމަންޓަށް ކޮމެންޓް ކުރުމަށް ފުރުޞަތު ހުޅުވާލުން

ބިލްޑިންގ ކޯޑު ކޮމްޕްލައަންސް ޑޮކިއުމަންޓަށް ކޮމެންޓް ކުރުމަށް ފުރުޞަތު ހުޅުވާލުން

 

ޢިމާރާތްކުރުމުގެ ޤާނޫނު ނަންބަރު 4/2017 (ޢިމާރާތްކުރުމުގެ ޤާނޫނު) ގެ 95 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގެ ޢިމާރާތްތަކުގައި ހުންނަންވީ މިންގަނޑުތައް ބަޔާންކުރާ ބިލްޑިންގ ކޯޑު ވަނީ 30 މާރިޗު 2019 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކޮށްފައެވެ.

މި ކޯޑުގެދަށުން ތައްޔާރުކުރެވިފައިވާ F4 "ސޭފްޓީ ފްރޮމް ފޯލިންގ"  ގެ ކޮމްޕްލަޔަންސް ޑޮކިއުމަންޓުގެ ދެލިކޮޕީ އަށް ކޮމެންޓް ކުރުމުގެ ފުރުޞަތު މިއަދުން ފެށިގެން 15 ސެޕްޓެމްބަރު 2020 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ވާހަކަ ދަންނަވަމެވެ.

F4 "ސޭފްޓީ ފުރޮމް ފޯލިންގ" އަދި މި ޑޮކިއުމަންޓަށް ކޮމެންޓް ކުރުމުގައި ބޭނުންކުރައްވާނެ ފޯމެޓު މި މިނިސްޓްރީގެ ވެބްސައިޓް https://planning.gov.mv/downloads  އިން ލިބިވަޑައިގަންނަވާނެއެވެ. ކޮމެންޓްތައް ފޮނުއްވާނީ އީ-މެއިލް މެދުވެރިކޮށް [email protected] އަށެވެ. އަދި އިތުރު މަޢުލޫމާތެއް ބޭނުންފުޅުވެލައްވާނަމަ [email protected] އަށް އީ-މެއިލް ކުރެއްވުމަށްވެސް ދަންނަވަމެވެ.

 07 މުޙައްރަމް 1442ހ.

26 އޮގަސްޓް 2020މ.

26 އޮގަސްޓް 2020