މަސައްކަތް
ނަންބަރު: (IUL)438-WS/438/2020/149
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 03 ސެޕްޓެންބަރު 2020 10:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ގދ. ތިނަދޫގައި ޤާއިމްކުރަމުންދާ ފެން ހިންދާ ނިޒާމު ޕެރޮޖެކްޓްގެ ސުޕަރވިޒަން ކޮންސަލްޓެންސީގެ މަސައްކަތުގެ ބީލަން ހުށަހެޅުމަށް ކުރެވުނު އިޢުލާނާއި ގުޅޭ

ގދ. ތިނަދޫގައި ޤާއިމްކުރަމުންދާ ފެން ހިންދާ ނިޒާމު ޕެރޮޖެކްޓްގެ ސުޕަރވިޒަން ކޮންސަލްޓެންސީގެ މަސައްކަތަށް ކޮށްފައިވާ އިއުލާން (IUL)438-WS/438/2020/140 (17 އޯގަސްޓް 2020) އާއި ޙަވާލާދީ ދަންނަވަމެވެ.

މިމަސައްކަތުގެ ބީލަން ހުށަހެޅުމަށް ކުރިން ދެވިފައިވާ ސުންގަޑިއަކީ 27 އޯގަސްޓް 2020 ވާ ބުރާސްފަތި  ދުވަހު 1000 އެވެ. ނަމަވެސް، ބީލަން ހުށަހެޅުމަށް ދެވިފައިވާ މުއްދަތު ކުރުކަމަށް ފާހަގަކޮށް، މުއްދަތު އިތުރުކުރުމަށް ގިނަ ފަރާތްތަކަކުން އެދިފައިވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ސުންގަޑި 3 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 1000 އަށް ބަދަލު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. މި މަސައްކަތުގެ ބީލަން ހުޅުވާނީ  3 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 1000 ގައި މި މަސައްކަތަށް ބީލަން ހުށަހެޅި ފަރާތްތަށް ނުވަތަ އެފަރާތްތަކުގެ ބަދަލުގައި ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން އެ ވަގުތުގައި ހާޒިރުވެ ތިއްބަވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ދީފައިވާ ސުންގަޑި ވެސް 31 އޮގަސްޓު 2020 ވާ ހޯމަ ދުވަހުގެ 1300 އަށް ބަދަލުކޮށްފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

އިޢުލާން ނަންބަރު (IUL)438-WS/438/2020/140 ގުޅިގެން އެއްވެސް ސުވާލެއްވާނަމަ، 31 އޯގަސްޓް 2020 ވާ ހޯމަ ދުވަހުގެ 1000 ގެކުރިން [email protected]  މެއިލްކުރެއްވުން އެދެމެވެ.

ބީލަމާއި ގުޅޭ އިތުރު މައުލޫމާތު ތަކުގެ ލިންކުތައް މި އިއުލާނާގައި އެޓޭޗްކުރެވިފައިވާނެއެވެ.

26 އޮގަސްޓް 2020