ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)170-PR/170/2020/60
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި: 06 ސެޕްޓެންބަރު 2020 12:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލައިބްރެރީއަށް އާރް.އެފް.އައިޑީ ޑިޓެކްޝަން ސިސްޓަމްއެއް ހޯދުމާއިބެހޭ

އިޢުލާން

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލައިބްރެރީއަށް އާރް.އެފް.އައިޑީ ޑިޓެކްޝަން ސިސްޓަމްއެއް ހޯދުމާއިބެހޭ:

މި ޔުނިވަރސިޓީގެ ލައިބްރެރީއަށް އާރް.އެފް.އައިޑީ ޑިޓެކްޝަން ސިސްޓަމްއެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަންބަރު  IUL)170-PR/170/2020/58) ގެ އިޢުލާންއާއި އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ، އަލުން އިޢުލާންކުރަމެވެ.  

 

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 06 ސެޕްޓެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 12:00 ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚް، އިޢުލާން ނަންބަރު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.

 

ބިޑް ސެކިއުރިޓީ އަދި ޕާފޯމަންސް ގެރެންޓީ

ބީލަން ހުށަހަޅުއްވާއިރު، ބިލަމާއިއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި2928.94 ރ (ދެހާސް ނުވަސަތޭކަ އަށާވީސް ރުފިޔާ ނުވަދިހަ ހަތަރު ލާރި) ގެ ބިޑް ސެކިއުރިޓީއެއް 30 ދުވަހުގެ ވެލިޑިޓީ އާއިއެކު ހުށަހަޅުއްވަންވާނެއެވެ. އަދި ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %2 އެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއިގުޅޭ  މަޢުލޫމާތު ކަރުދާސް ގެޒެޓްގައި ހިމަނާފައިވާނެއެވެ. އަދި މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 06 ސެޕްޓެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން[email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ  3022115/  3022120 ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

26 އޮގަސްޓް 2020