ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)405-A/2020/47
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 11:28
ސުންގަޑި: 31 ޖުލައި 2020 14:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މަގުތަކުގައި ބަހައްޓާފައިވާ ތަކެއްޗާއި މަގުގައި ހައްދާފައި ހުރި ރުއްގަސް ތަކާއި ގުޅޭ

އިޢުލާން

 

ރަށުގެ މަގުތަކުގައި ބަހައްޓާފައިވާ ތަކެއްޗާއި މަގުގައި ހައްދާފައި ހުރި ރުއްގަސް ތަކާއި ގުޅޭ

 

                    ލ.ކުނަހަންދޫގައި ގޯތިދީފައިވާ ސަރަޙައްދުތަކާއި ރަށުގެ އާންމުން ހިގާބިގާވެ އުޅޭ މަގުތަކުގައި ފަތްކެޔޮ އަދި ރުއްގަސް އިންދާފައިވާކަން މި ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި ރަށުގެ އާންމު މަގުތަކުގަ އާއި ގޭގޭ ބޭރު ފާރުކާރީގައި ކޮޕީފަތާއި އެނޫން ވެސް އެކި ބާވަތުގެ ގަސް އިންދާ، ޖޯލިފަތި އަދި ވެހިކަލް ފަދަ ތަކެއްޗާއި އެކިބާވަތުގެ ތަކެތި މަގުތަކުގައި ބަހައްޓަމުން ދާކަމީ އެ މަގުތަކުގައި ހިންގާ ބިގާވެ އުޅޭ ފަރާތްތަކަށް ނުހަނު އުދަގޫ ވާނެ ކަންތައްތަކެވެ. އަދި މި ކަމަކީ އާންމު އުދަގުލާއި ބެހޭ ގަވައިދުގައި ވެސް މަނާ ކަމެކެވެ. އެހެންކަމުން އެތަކެއް ފަހަރު މަތިން މިކަންކަން އިސްލާހު ކުރުމަށް އިޢުލާންކުރެވި ނެގުމަށް ވަނީ އެންގިފައެވެ. އަދި މަގަށްވާ ގޮތަށް ގޯތިތެރޭގައި އިންދާފައިވާ ގަސްތަކުގެ ގޮފިތަށް ބިމުންފެށިގެން 15 ފޫޓަށް ކޮށައި ސާފްކޮއްދެއްވުން އެދެމެވެ. ނަމަވެސް ބައެއް ފަރާތްތަކުން އަދިވެސް މަގުތަކުގައިވާ ތަކެއްޗާއި ގޯތިން ބެރަށް ނިކުމެފައިވާ ގަސްތަށް ކޮށައި ސާފްކޮއްފައި ނުވާކަން ފާހަގަ ކޮއްލަމެވެ. ރަށުގެ މަގުތަށް ހަނިވެފައި މަގުތަކުގައި މިފަދަ ތަކެތި ބެހެއްޓުމަކީ މަގުތަކުގައި ހިނގާ ބިގާވެ އުޅުމަށް ދަތިވާ ކަމެކެވެ.

                    އެހެންކަމުން މިހާރު މަގުތަކުގައި ބަހައްޓާފައިވާ ތަކެއްޗާއި، ގޯތި ދޫކުރެވިފައިވާ ސަރަހައްދު ތަކުގެ މަގުތަކުގައި އިންދާފައިވާ ރުއްގަހާއި ފަތްކެޔޮގަސްތަށް 31އޮގަސްޓް 2020ވާ ހޯމަ ދުވަހުގެ 2:00ގެކުރިން ނަގައި ސާފްކޮއްދެއްވުން އެދެމެވެ. އަދި މި ދެންނެވި މުއްދަތުގައި މަގުތަކުގައިވާ އެއްވެސް އެއްޗެއް ނުނަގައިފި ނަމަ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެތަކެތި ނައްތާލެވޭނެއެވެ. އަދި ނެގުމުގެ ތެރޭގައި މި ތަކެއްޗައް ދިމާވާ އެއްވެސް ގެއްލުމެއްގެ ޒިންމާ މި ކައުންސިލުން ނުނަގާނެ ވާހަކަ ވެސް ދަންނަވަމެވެ. ރަށުގައި ހުންނަ މިފަދަ ނޭދެވޭ ކަންކަން އިސްލާހުކުރެވޭނީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމުގައި ދަންނަވަމެވެ.

          ވީމާ، މިކަން ޢާއްމުކޮށް އެންގެވުމަށްޓަކާ އިޢުލާން ކުރީމެވެ.

26 އޮގަސްޓް 2020