ދިވެހިރާއްޖެ
އިޢުލާން
ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ
ފެނަކަ ކޯޕަރޭޝަން ވައިކަރަދޫ ބްރާންޗްގެ އޮފީސް ޢިމާރާތް ހެދުމަށް މިރަށުގެ ހިލާލީ މަގުގެ އުތުރުކޮޅުން، އިރުމަތިފަޅިން އިޖްތިމާޢީ މަރުކަޒުގެ އުތުރުން އޮތް ބިމުގައި، މިއިދާރާއިން ރީނދޫކުލައިން ނަންބަރުޖަހާފައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ކުރެވުނު ނަންބަރު:(IUL)269/269/2020/38 އިޢުލާނާ ގުޅިގެން ސިޓީ ހުށަހަޅާފައިވާ ފަރާތައް މަދުކަމަށް ފެންނާތީވެ،އިތުރަށް ރުއްގަހުގެ ވެރިފަރާތައް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި ރުއްގަހުގެ ވެރިފަރާތްތަކުން، މި އިދާރާއިން ޖަހާފައިވާ ނަންބަރާއި، ވެރިފަރާތުގެ ނަމާއި އެޑްރެސް އަދި ރުއްގަހުގެ ފެންވަރު (ފޯދުނު،ނުފޯދޭ،މޮޅު،ދެރަ،ބޮޑު،ކުޑަ) ބަޔާންކުރައްވާ، 2020 އޮގަސްޓް 30 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިތާރީޚުގެ ކުރިން ހުށަނާޅުއްވައިފިނަމަ އެއީ ރައްޔިތު ތަކެތި ކަމުގައި ބަލާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.