ދިވެހިރާއްޖެ
މަސައްކަތް
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ނަަމްބަރ: IUL)25-A4/25/2020/37)
ފޮޅާ ސާފުކުރުން
އަންދާސީހިސާބު ބޭނުންވެއްޖެ
މި މިނިސްޓްރީ ހިންގަމުންދާ ޢިމާރާތާއި ގޯތިތެރެ ކޮންޓްރެކްޓް އުސޫލުން ފޮޅާ ސާފުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 18 އޮގަސްޓް 2020 ދުވަހު ކުރެވުނު އިޢުލާން ނަމްބަރ: (IUL)25-A4/25/2020/36 ބާތިލް ކުރުމަށްފަހު މި މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، އަމިއްލަތަކެއްޗާއި ވަޞީލަތް ބޭނުންކޮށްގެން މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 31 އޮގަސްޓް 2020 ވާ ހޯމަ ދުވަހުގެ 13:30 އަށް މިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323400 ނަންބަރު ފޯނާއެވެ.
25 އޮގަސްޓް 2020