ދިވެހިރާއްޖެ
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
މާލެ،
ދިވެހިރާއްޖެ
ނަމްބަރު: IAS/MIS/2020-1190
ޢިއުލާން
މިކުންފުނީގައި ބޭނުންކޮށްފައިވާ ވެހިކަލް އެއް ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ވީމާ، މިނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 31 އޮގަސްޓް 2020 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00އަށް އެއަރޕޯޓަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ހަމަ އެދުވަހުގެ ހެނދުނު 11:00ގައި ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތުވާކަމުގައި ދަންނަވަމެވެ.
މިނީލަމަކީ އެއަރޕޯރޓްގައި އޮންނަ ނީލަމަކަށްވާތީ، ވަގުތީ ފާސްހެދުމަށް ނީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން އައި.ޑީ.ކާޑުގެ ކޮޕީ އެއް 27 އޮގަސްޓް 2020ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން އައިލެންޑް އޭވިއޭޝަން މައި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
މިކަމާއިބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ދުވަސްތަކުގެ 08:00 - 2:00އާއި ދެމެދު 3335566އާއި ގުޅުއްވުން އެދެމެވެ.
06 މުޙައްރަމް 1442ހ.
25 އޮގަސްޓް 2020މ.