| 
 އިޢުލާނު 
  
 | 
| 
 މަޤާމު: 
 | 
 ކުދިން ބަލަހައްޓާ 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 3 (ތިނެއް) 
 | 
| 
 މަޤާމުގެ ގިންތި: 
 | 
 ވަގުތީ 
 | 
| 
 މުއްދަތު: 
 | 
 ވަޒީފާ ހަމަޖެހޭ ތާރީޅުން ފެށިގެން 03 (ތިނެއް) މަސް ދުވަސް 
 | 
| 
 މަޤާމުގެ ރޭންކު: 
 | 
 އެސް.އެސް 1 
 | 
| 
 މަޤާމުގެ ކްލެސިފިކޭޝަން: 
 | 
 ސަޕޯޓް ސްޓާފް ގްރޭޑް 1 
 | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން: 
 | 
 ކުޑަކުދިންގެ ހިޔާ، ވިލިމާލެ 
 | 
| 
 މުސާރަ: 
 | 
 -/7250 ރުފިޔާ 
 | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
- ކުޑަކުދިން ހިޔާގެ ބަލަހައްޓާ ކުދިން ފެންވެރުވުމާއި، ނިންދެވުމާއި، މިނޫންވެސް ކުދިން ބެލެހެއްޓުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިޔާއިން ކަނޑައަޅާފައިވާ އުސޫލްތަކާއި މިންގަނޑުތަކާއި އެއްގޮތަށް ކުރުން.
 
- ކުޑަކުދިން ހިޔާއިން ބަލަހައްޓާ ކުދިންގެ އުމުރާ ގުޅޭގޮތުން އަންނަ ބަދަލުތައް ދެނެގަނެ ތަފާތު އުކުޅުތައް ބޭނުން ކުރަން ޖެހިދާނެކަން ދެނެގަނެގެން މަސައްކަތް ކުރުން.
 
- ކުޑަކުދިން ހިޔާއިން ބަލަހައްޓާ ކުދިންނަކީ ތަފާތު ނަފްސާނީ، ޖިސްމާނީ އަދި އިޖްތިމާއީ ގޮންޖެހުން ތަކާއި އެކު އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ މާޔޫސީ ހާލަތެއްގައި ގެނެވޭ ކުދިން ކަމަށްވާތީ، މިކަން އަބަދުވެސް ހަނދާންކޮށް، ކުދިންގެ ހާލަތު ދެނެގަނެ އަދި އެހީތެރިވާ ފަރާތެއް ކަމުގައިވެ، ކުދިންގެ ލާބައަށް އަބަދުވެސް މަންފާއަށް މަސައްކަތް ކުރުން.
 
- ކުޑަކުދިންގެ ހިޔާއިން ބަލަހައްޓާ ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއްކަން އަދި ހުރިހާ ކުދިންނާއެކުވެސް ގުޅިގެން އުޅެވިދާނެކަން ދެނެގަނެ، އެތަފާތުތަކަކީ އެކުދިންގެ އަމިއްލަ ނަފްސު ތަރައްޤީކުރަން ބޭނުން ކުރެވިދާނެ ރައުސުލްމާލެއްކަމުގައި ދެކިގެން މަސައްކަތް ކުރުން.
 
- ކުޑަކުދިންގެ ހިޔާއިން ބަލަހައްޓާ ކުދިން ޑޮކްޓަރަށް ދައްކަން ގެންދަންޖެހޭ ޙާލަތްތަކުގައި މެނޭޖްމަންޓުން އަންގާ ގޮތަކަށް ޢަމަލުކުރުމާއި، ބޭސްދޭންޖެހޭ ޙާލަތްތަކުގައި ޞިއްޙީ ޚިދުމަތްތެރިންގެ އިރުޝާދާއެކު ބޭސްދިނުމާއި، ކުއްޖަކު ބަލިވެއްޖެ ހިނދެއްގައި ޞިއްޙީ ޚިދުމަތްތެރިން ދޭ އިރުޝާދެއްގެ މަތިން ކުދިން ބެލެހެއްޓުމުގެ އެންމެހައި މަސައްކަތެއް ކުރުން.
 
- ކުޑަކުދިންގެ ހިޔާއިން ބަލަހައްޓާ ކުދިން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ބަލަހައްޓަން ޖެހޭ ހާލަތެއް ދިމާވެއްޖެނަމަ، މެނޭޖްމަންޓުން ހަމަޖައްސާ އުޞޫލެއްގެ މަތިން ހޮސްޕިޓަލުގައި ކުއްޖާ ކައިރީ ޑިއުޓީކޮށް، ކުއްޖާގެ އެންމެހާ ކަންކަން ބެލެހެއްޓުން.
 
- ކުޑަކުދިންގެ ހިޔާއިން ބަލަހައްޓާ ކުދިން ބަލަހައްޓަމުން ދާއިރު ކުދިންގެ ސިއްޙަތަށް ގެއްލުންވާފަދަ އެއްވެސް އެއްޗެއް އެއްވެސް ކުއްޖަކަށް ނުދިނުން.
 
- ކުޑަކުދިންގެ ހިޔާއިން ބަލަހައްޓާ ކުދިން ސްކޫލަށް ގެންގޮސް ގެނައުމާއި ސްކޫލުން އަންގާ ކަންކަމުގެ ތެރެއިން ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި ސްކޫލުން ހޯދަން އަންގާ ތަކެއްޗާއި، ކުރަން އަންގާ ކަންކަން މެނޭޖްމަންޓްގެ ސަމާލުކަމަށް ގެނައުން.
 
- ކުޑަކުދިންގެ ހިޔާއިން ބަލަހައްޓާ ކުދިންގެ ކިޔެވުމުގެ މަރުހަލާއަށް ސަމާލުކަމެއްދީ، ތަފާތު އަލާމާތްތައް ފެންނަ ކުދިންގެ ކަންކަން މެނޭޖްމަންޓްގެ ސަމާލުކަމަށް ގެނެސް، މެނޭޖްމަންޓުން އިރުޝާދުދޭ ގޮތަކަށް އެކުދިންނާއެކު މަސައްކަތް ކުރުން.
 
- ކުޑަކުދިންގެ ހިޔާއިން ބަލަހައްޓާ ކުދިންނަށް ކާންބޯންދިނުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
 
- ކުޑަކުދިންގެ ހިޔާއިން ބަލަހައްޓާ ކުދިންގެ ތެރެއިން ޚާއްޞަ މެނޫއެއްގެ ދަށުން ކާބޯތަކެތި ތައްޔާރުކޮށް ކާންދޭންޖެހޭ ކުދިންނަށް ބޭނުންވާ ކާބޯތަކެތި، ފިޔަވަތިން ހަމަޖައްސާފައިވާ އުސޫލެއްގެ މަތިން ދިނުން.
 
- ކުޑަކުދިންގެ ހިޔާއިން ބަލަހައްޓާ ކުދިން މުނިފޫހިފިލުވުމާއި، އެކިއެކި ކުޅިވަރު ނުވަތަ ހަރަކާތްތަކުގައި ބައިވެރި ކުރުވުމަށްޓަކައި ކުދިންނާއެކު ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. އަދި ފިޔަވަތި އިމާރާތުގެ ބޭރުގައި ކުދިންނަށް ހިންގާ ހަރަކާތްތަކަށް ކުދިން ގެންދާއިރު އެކުދިންނާއެކު އެތަންތަނަށް ގޮސް، ފިޔަވަތިން ހަމަޖައްސާފައިވާ އުސޫލްތަކާއި އެއްގޮތަށް ކުދިން ބެލެހެއްޓުން.
 
- ކުޑަކުދިންގެ ހިޔާއިން ބަލަހައްޓާ ކުދިންގެ ސާފުތާހިރުކަމަށް ސަމާލުކަންދީ ހުރިހާ ވަގުތެއްގައިވެސް ކުދިން ބެލެހެއްޓުމާއި އެކުދިން އުޅޭ ސަރަހައްދު ސާފުތާހިރުކޮށް ބެލެހެއްޓުން.
 
- ކުޑަކުދިންގެ ހިޔާއިން ބަލަހައްޓާ  ކުދިން ބެލެހެއްޓުމުގައި ކުދިންނަށް އަދަބާ ޚިލާފު ވީޑިއޯއާއި، ފޮޓޯ އަދި މިނޫންވެސް މިފަދަ އެއްވެސް މަންޒަރެއް އެކުލެވޭ އެއްވެސް އެއްޗެއް ނުދެއްކުން.
 
- ކުޑަކުދިންގެ ހިޔާއިން ބަލަހައްޓާ ކުއްޖަކަށް އެއްވެސް ކަހަލަ ޖިސްމާނީ އަދި ނަފްސާނީ އަނިޔާއެއް ނުވަތަ އިހްމާލެއް ނުދިނުމަށާއި އެފަދަ އަނިޔާއެއް ކުރަނިކޮށް ފެނިއްޖެނަމަ ނުވަތަ ކުއްޖެއްގެ ފަރާތުން މަޢުލޫމާތު ލިބިއްޖެނަމަ އެކަން ވަގުތުން މެނޭޖްމަންޓްގެ ސަމާލުކަމަށް ގެނައުން.
 
- ކުޑަކުދިންގެ ހިޔާއިން ބަލަހައްޓާ ކުދިން ބެލެހެއްޓުމުގައި ތަނުގައި ކަނޑައެޅިފައި ހުންނަ ޤަވާއިދުތަކަށް އިޚްތިރާމުކޮށް އެގޮތަށް އަމަލު ކުރުން.
 
- ކުޑަކުދިންގެ ހިޔާއިން ބަލަހައްޓާ ކުދިން ބެލެހެއްޓުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި މުޢާމަލާތް ކުރަންޖެހޭ ފަރާތްތަކާއި އަދަބުވެރިކަމާއި، މަޑުމައިތިރިކަމާއެކު މުޢާމަލާތް ކުރުމާއި، މުޢާމަލާތް ކުރުމުގައި އަދަބާ ޚިލާފު ބަސްތަކާއި، އަޚްލާޤީ މިންގަނޑާ ޚިލާފު ދަށުދަރަޖައިގެ ބަސްތައް ބޭނުން ނުކުރުން. އަދި ކުދިންނާއި މުޢާމަލާތް ކުރާއިރު ކުދިންގެ އުމުރާއި ގުޅޭ ގޮތަށް މުޢާމަލާތް ކުރުމާއި ހަރުކަށި އަދި ދަށު ދަރަޖައިގެ ބަސްތައް ބޭނުން ނުކުރުން.
 
- ކުޑަކުދިންގެ ހިޔާއިން ބަލަހައްޓާ ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި، ފިޔަވަތީގެ އެތެރޭގައި އަދި ފިޔަވަތިން ބޭރުގައި އުޅެންޖެހޭ ހާލަތްތަކުގައިވެސް، މުޢާމަލާތުކުރުމުގައި މުޖުތަމަޢު ޤަބޫލުކުރާ މިންގަނޑެއްގައި އަޚްލާޤީ މިންގަނޑު ބެހެއްޓުން.
 
- ކުޑަކުދިންގެ ހިޔާއިން ބަލަހައްޓާ ކުދިންގެ އަމަލުތަކަކީ ބައެއްފަހަރު އެންމެ އެކަށޭނެ އަމަލުތައް ކަމުގައި ނުވި ނަމަވެސް މިފަދަ ޙާލަތްތަކުގައި ކެއްތެރިކަމާއި އެކު ކުދިންނާއި މުއާމަލާތުކޮށް އެކުދިންގެ ހާލަތު ދެނެގަންނަން މަސައްކަތް ކުރުން.
 
- ފިޔަވަތީގެ ކުއްޖަކު ބޭސް ފަރުވާގެ ކަންކަމުގައި ހޮސްޕިޓްލްގައި އެޑްމިޓް ކުރަން ނުވަތަ ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ޙާލަތްތަކުގައި މިނިސްޓްރީގެ ފަރާތުން ކުޑަކުދިންގެ މުވައްޒަފެއްގެ އެހީތެރިކަން ބޭނުންވެއްޖެނަމަ އެފަދަ އެހީތެރިކަން ދިނުން.
 
- މަސައްކަތްކުރާ ދާއިރާއާއި ގުޅުންހުރި މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްކުރުން އަދި ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ރައްކާތެރި އަދި ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރުން.
 
 
  
 | 
| 
 މަޤާމުގެ ޝަރުޠުތައް: 
 | 
 ލިޔަންކިޔަން އެނގުން.  
(ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން)  
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  
 | 
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.  
 
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ)    މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކއު.އޭ ކޮލިފިކޭޝަން އެސިސްމަންޓް ރިޕޯރޓުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
(ށ)    މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
 
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
 
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   
 
 
(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. 
(ނ)   ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. 
(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން. 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 | 
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
 
 
 | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
 | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ  ވަޒީފާއަށް އެދޭ ފޯމް އާއި އެހެނިހެން ލިޔެކިއުންތައް (03 ސެޕްޓެންބަރ 2020) ގެ (13:30) ގެ ކުރިން، ([email protected]) މި އީ-މެއިލް އެޑްރެސް އަށް ފޮނުވުންއެދެމެވެ. 
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
  
 | 
| 
 ޝޯޓްލިސްޓްކުރުން: 
  
 | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ. 
 | 
| 
 އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: 
 | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، (15 ސެޕްޓންބަރ 2020) އާއި (30 ސެޕްޓެންބަރ 2020) އާ ދެމެދު، (މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް) ގައެވެ. 
 | 
| 
 "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން 
 | 
 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. 
 | 
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 ނުވަތަ 3027525 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. 
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. 
 |