ދިވެހިރާއްޖެ
އިޢުލާން
އެން.ޖީ.އޯ ރަޖިސްޓްރޭޝަންގެ މަސައްކަތްތައް މާފަންނު އިޖުތިމާޢީ މަރުކަޒަށް ބަދަލުކުރުމާއި ގުޅޭ
މިނިސްޓްރީގެ މަސައްކަތްތައް ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް ލުއި ފަސޭހަކޮށް ގެންދިއުމަށްޓަކައި ޖަމްޢިއްޔާ ޖަމާޢަތްތަކާ ގާތުން މަސައްކަތް ކުރުމަށްޓަކައި އެން.ޖީ.އޯ ރަޖިސްޓްރޭޝަންގެ މަސައްކަތްތައް މާފަންނު އިޖުތިމާޢީ މަރުކަޒަށް 23 އޮގަސްޓް 2020 ފެށިގެން ބަދަލުކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
މިގެނެވުނު ބަދަލާއެކު ކުރިން ވެލާނާގެ 3 ވަނަ ފަންގިފިލާއިން ދެމުން ގެންދިޔަ ޖަމްޢިއްޔާތަކުގެ ރަޖިސްޓްރޭޝަން، އަހަރީ ރިޕޯޓާއި، ހިންގާކޮމިޓީތައް ރަޖިސްޓްރީކުރުމުގެ އެންމެހާ ކަންތައްތައް ދެން ކުރިއަށްދާނީ މާފަންނު އިޖުތިމާޢީ މަރުކަޒުގައެވެ.
މީގެ އިތުރުން ޖަމްޢިއްޔާތަކަށް މަސައްކަތްކުރުމަށް ބޭނުންވާ "ސިވިކް ސްޕޭސް" މިހާރު މާފަންނު އިޖުތިމާޢީ މަރުކަޒުގައި ގާއިމުކުރެވިފައިވާ ވާހަކަވެސް ދަންނަވަމެވެ. އަޅުގަނޑުމެންގެ އަމާޒަކީ ޖަމްޢިއްޔާތަކަށް މަސައްކަތް ކުރުމަށް ފަސޭހަގޮތްތަކެއް ހަމަޖައްސައިދިނުމެވެ. މިކަމާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނެ ނަންބަރާއި އީމެއިލް ތިރީގައި އެވަނީއެވެ.
ނަންބަރ:3330808
މެއިލް: [email protected]
މިހެންވެ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
05 މުޙައްރަމް 1442