ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301/301/2020/31
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 31 އޮގަސްޓް 2020 13:30
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށްޓަކައި ހިލޭ ގޭބިސީ ދަނޑުބިން ދޫކުރުން

ދަނޑވެރިކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް ގޭބިސީ ދަނޑުބިމަށް އެދުމުގެ ފުރުސަތު މިއިދާރާގެ ނަންބަރު: (IUL)301/301/2020/7 (17-04-2020) ގައި ހުޅުވާލުމަށްފަހު، 3 ފަހަރު ވަނީ އިޢްލާނު ކުރެވިފައެވެ.   ކޮވިޑް-19 އާއި ގުޅިގެން ދިމާވެދާނެ އިޤްތިޞާދީ ހީނަރުކަމަށްޓަކައި  ދަނޑުވެރިކަން ކުރުމަށް ޝަޢްޤްވެރިވާ ފަރާތްތަކަށް ފުރުސަތު ތަނަވަސް ކުރުމުގެ ގޮތުން މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 01 (އެކެއް) ދަނޑުބިން ދޫކުރުމަށް މިއިދާރާއިން ވަނީ ނިންމާފައެވެ.  ދޫކުރާނެ ދަނޑުބިމުގެ ބޮޑުމިން ކަނޑައަޅާނީ ދަނޑުބިމަށް އެދުމުގެ މުއްދަތުގެ ތެރޭގައި ދަނޑުބިމަށް އެދޭ ފަރާތްތަކުގެ އަދަދަށް ބަލާފައެވެ. ދަނޑުބިން ދޫކުރުމަށް ހޯދަންޖެހޭ ހުއްދަ ހޯދައި ބިން ދޫކުރުމުގެ ކަންތައްތައް ވީހާވެސް ރަނގަޅަކަށް ގެންދިއުމަށްޓަކައި ކޮމެޓީއެއް އެކުލަވާ ލުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ. މިހެން ކަމުން ދަނޑުބިން ދޫކުރުމަށް ތައްޔާރުވަމުން ދާތީ  ގޭބިސީ ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލަމެވެ. ދަނޑު ބިމަށް އެދުމުގެ މުއްދަތު ހަމަވުމުން ކުރިން އެދުނު ފަރާތްތަކަށާއި މިފަހަރު އެދޭފަރާތްތަކަށް ލަހެއް ނުވެ ދަނޑުބިން ދޫކުރެވޭނެއެވެ.  އެނގި ވަޑައި ގަންނަވާނޭ ފަދައިން ބިން ދޫކުރުމުގެ ކަންތައްތަކަކީ އެހާ އަވަސް އަވަހަށް ފަސޭހަކަމާއެކު ކުރެވޭނެ ކަމެއްނޫނެވެ. މިހެންކަމުން  ދަނޑުބިން ބޭނުންވާނެ ފަރާތެއް ހުރިތޯ ބެލުމަށްޓަކައި 4 ވަނަ ފަހަރު އިޢްލާނު ކޮށް ބިން ދޫކުރުމަށް ކޮމެޓީއެއް ނަގައި ވީހާވެސް ރަނގަޅަކަށް ގެންދިއުމަށް މިއިދާރާއިން މަސައްކަތް ކުރަމުންދާއިރު ދަނޑުބިމަށް ޝަޢްޤްވެރިވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވައި ފޯމް ހުށަހެޅުމަށް ދަންނަވަމެވެ.

 

 ދަނޑުބިމަށް އެދި ހުށަހަޅުއްވާނީ "ދަނޑުވެރިކަން ކުރުމަށް ދަނޑުބިމަށް އެދޭ ފޯމް" އިންނެވެ. ދަނޑު ބިމަށް އެދުމުގެ މުއްދަތަކީ 24 އޮގަސްޓް 2020 ވަނަ ދުވަހުން ފެށިގެން 31 އޮގަސްޓް 2020 ވަނަ ދުވަހުގެ 13:30 އަށެވެ. ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން އޮންނާނީ ދެންނެވުނު މުއްދަތުގައި ކޮންމެ ދުވަހެއްގެ 8:30 އިން ފެށިގެން 13:30 ގެ ނިޔަލަށެވެ. މިކަމާބެހޭ ގޮތުން ގުޅުއްވާނީ ކައުންސިލްގެ މެންބަރ މުޙައްމަދު ޝާހީން 7775791 ނުވަތަ އ.ޕްލޭނިންގ އޮފިސަރ ޔޫސުފް ރަޝީދު 7850736 އަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ދިމާވެދާނެ އިޤްތިޞާދީ ހީނަރުކަމަށްޓަކައި މިހާރު ދޫކޮށްފައިވާ ގޭބިސީ ދަނޑު ބިމުންނާއި މިބުރު މިދޫކުރާ ގޭބިސީ ދަނޑުބިންތަކުން ކުލި ނުނަގާގޮތަށް މިއިދާރާއިންވަނީ ނިންމާފައެވެ. އަދި ދަނޑުވެރިކަން ކުރުމަށް ދޫކުރާ ގޭބިސީ ދަނޑުބިމުގައި ދަނޑުވެރިކަން ނުކުރާކަމަށް މިއިދާރާއަށް ފާހަގަ ކުރެވިއްޖެނަމަ އެދަނޑުބިމެއް ބާޠިލް ކުރެވޭނެއެވެ. މިގޮތުން ދަނޑުބިމުގައި މަސައްކަތެއް ނުކުރާތާ 01 (އެކެއް) މަސްދުވަސް ވެއްޖެނަމަ ދަނޑުވެރިކަން ނުކުރާކަމަށް ބެލެވޭނެއެވެ.

އިތުރު މަޢްލޫމާތު:

  • ދަނޑުބިން ދޫކުރެވޭނީ 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް.
  • ދަނޑުބިން ދޫކުރެވޭނީ މި އިދާރާއިން ފޯމްތައް ޗެކް ކުރުމަށްފަހު ޝަރުތު ހަމަވާ ގޭބިސީ ތަކަށެވެ. ދަނޑުބިމަށް އެދޭ ފަރާތްތަކުން ހުށައަޅަންޖެހޭ ތަކެތި:
  1. ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ ރަށްވެހީންގެ ރަޖިސްޓްރީގެ ކޮޕީ.
  2. ގޯތީގެ ވެރިފަރާތުގެ އައި.ޑީ.ކާރޑްގެ ކޮޕީ.

ކައުންސިލުން ދޫކުރާ ދަނޑުބިމަށް އެދޭ ފޯމް 

24 އޮގަސްޓް 2020