ދިވެހިރާއްޖެ
ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު
މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސާރވިސަސް
ކ.ގުރައިދޫ،ދިވެހިރާއްޖެ. ނަންބަރު: HPSN-IL/2020/04
އިޢްލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
މިމަރުކަޒުން ބަލަހައްޓަމުންގެންދާ ފިރިހެނުންގެ ބޯކޮށުމާއި ތުނބުޅި ބޭލުން އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢްލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 12:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢްލޫމާތު ސާފުކުރެއްވުމަށްފަހު 08 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 12:00 އަށް މި މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިވެ ވަޑައިގަނެވޭނީ މަޢްލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި މަޢްލޫމާތަށްޓަކައި ދެންނެވީމެވެ.
05 މުހައްރަމް 1442