ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން އަނގޮޅިތީމު ޤަބުރުސްތާން ސާފުކޮށްދޭނެ ފަރާތެއް ހޯދުން
މި އިދާރާގެ ނަންބަރު (IUL)301-PJ/301/2020/28 17 އޮގަސްޓް 2020 އިޢްލާނަށް އެއްވެސް ފަރާތަކުން އިޖާބަ ދީފައި ނުވާތީ މިރަށު ޤަބުރުސްތާނުގެ އެތެރެ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢްލާން ކުރަމެވެ. މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މި ކަމާއި ބެހޭގޮތުން މަޢްލޫމާތު ސާފު ކުރުމަށް ބޭނުންވާ ބޭފުޅުން މި އިޢްލާންގައިވާ އަގު ހުށަހަޅާ މުއްދަތު ކަމަށް ބަޔާންވެފައިވާ ގަޑީގެ ކުރިން ކައުންސިލް އިދާރާ ހުޅުވާފައިވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢްލޫމާތު ސާފު ކުރުމަށްފަހު 03 ސެޕްޓެމްބަރ 2020ވާ ބުރާސްފަތި ދުވަހުގެ 13:15ށް މި އިދާރާއަށް މަސައްކަތް ކޮށްދޭނެ އަގާއި މަސައްކަތް ނިންމަދޭނެ މުއްދަތު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަގު ހުށަހަޅުއްވަން ވަޑައިގަންނަވާ ބޭފުޅުންގެ އައިޑީކާޑު ގެންނަންވާނެއެވެ. އަގު ހުށަހަޅާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ބޭފުޅާގެ ނަމާއި އެޑްރެސް އަދި "އަނގޮޅިތީމު ޤަބުރުސްތާން ސާފުކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި އަގު ހުށަހަޅާ ލިޔުމާއެކު ވިޔަފާރި ރެޖިސްޓްރޭޝަން ކޮޕީއާއި އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. ބަދަލުގައި ބޭފުޅަކު ހާޒިރުވާނަމަ ބަދަލުގައި ފޮނުވާ ފަރާތުގެ ސިޓީއެއް ގެންނަން ވާނެއެވެ. އެކަކަށް ދެފަރާތެއްގެ ނަމުގައި އަންދާސި ހިސާބު ހުށައެއް ނޭޅޭނެއެވެ.
މަސައްކަތް ހަވާލުކުރުމުގައި ބެލޭނެ މިންގަނޑުތައް.
- އަގު %90
- މުއްދަތު
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.