ދިވެހިރާއްޖެ
ނަންބަރު: IUL)321/321/2020/87)
އިޢުލާން
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ކައުންސިލުން ކަނޑައަޅާ ތަނެއްގައި ހިނަވާގެއެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރިން ނަންބަރު 321/321/2020/80 އިޢުލާނަށް މަޢޫލޫމާތު ސާފުކުރުމާއި، އެސްޓިމޭޓް ހުށަހެޅުމުގެ ތާރީޚް ތިރީގައި މިދަންނަވާގޮތަށްވަނީ ފަސްކުރެވިފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
# |
ތަފްޟީލް |
ތާރީޚް |
ގަޑި |
ތަން |
1 |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
01 ސެޕްޓެމްބަރ 2020 |
10:00 |
ކައުންސިލްއިދާރާގެ ޖަލްސާކުރާ މާލަމް |
2 |
އަންދާސީ ހިސާބު ހުށަހެޅުން |
10 ސެޕްޓެމްބަރ 2020 |
10:00 |
ކައުންސިލްއިދާރާގެ ޖަލްސާކުރާ މާލަމް |
އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރަ ބޭރުގައި "ހިނަވާގެ ޢިމާރާތް ކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އެގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އެސްޓިމޭޓްތަކާއި ކަނޑައެޅިފައިވާ ގަޑީގެފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަނީ އަމިއްލަ ފަރުދެއްނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް އަދި ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ އެތަނެއްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ އަންދާސީ ހިސާބާއެކު ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި، މިއިދާރާގެ ނަންބަރު 6600006 ފޯނާއި ގުޅުއްވުން އެދެމެވެ.
04 މުޙައްރަމް 1442