ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-HDS3/471/2020/33
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 12:59
ސުންގަޑި: 26 އޮގަސްޓް 2020 00:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގުޅީފަޅުން ފުލެޓުގަތުމަށް ފައިސާ ދައްކަން ފަށާފައިވާ ފަރާތްތަކާއި، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގާކޮށި އަދި ވޭސައިޑް އިން ފުލެޓަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު ފަރާތްތަކާއި ގުޅޭ

ގުޅީފަޅުން ފުލެޓުގަތުމަށް ފައިސާ ދައްކަންފަށާފައިވާ ފަރާތްތަކާއި، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގާކޮށި އަދި ވޭސައިޑް އިން ފުލެޓަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު ފަރާތްތަކަށް ފުލެޓު ދިނުމަށްޓަކައި މިހާރުވަނީ އެފަރާތްތަކަށް ތިރީގައި ދަންނަވާފައިވާ 2 ގޮތުންކުރެ ގޮތެއް ހިޔާރުކުރުމުގެ ފުރުޞަތު ހުޅުވާލެވިފައެވެ.

 

  1. ހިޔާ މަޝްރޫޢުގެ 6720 ފުލެޓުގެ ތެރެއިން 2 ކޮޓަރީގެ ފުލެޓެއް ހިޔާރުކުރުން.

 

ނުވަތަ

 

  1. ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ޢިމާރާތްކުރާ 1700 ފުލެޓުގެ ތެރެއިން 3 ކޮޓަރީގެ ފުލެޓެއް ހިޔާރުކުރުން.

 

ވީމާ، މިހާތަނަށް މަތީގައި ދަންނަވާފައިވާ 2 ގޮތުންކުރެ ގޮތެއް ހިޔާރުކުރުމުގެ ލިޔުމުގައި ސޮއި ނުކުރައްވާ ތިއްބެވި ފަރާތްތަކުން 27 އޮގަސްޓް 2020 ގެ 13:00 ގެ ކުރިން ބަންދުނޫން ކޮންމެދުވަހެއްގެ ހެދުނު 9:00 އިން 13:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން މިދެންނެވި ލިޔުމުގައި ސޮއިކުރުމަށް ދަންނަވަމެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 އޮގަސްޓް 2020