ދިވެހިރާއްޖެ
ނަންބަރު: R-2020/48B
އިޢުލާން
މި ކުންފުނީގެ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ސްޓެލްކޯ ފެން ޑިސްޓްރިބިއުޓް ކުރަން ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތައް ހޯދުމަށް ކުރެވުނު ޢިއުލާން R-2020/48A ނަންބަރާ ގުޅިގެން، އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ އެ ޢިއުލާން ބާތިލްކޮށް، އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 23 އޮގަސްޓް 2020 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 އަށް މިކުންފުނީގެ ހެޑްއޮފީސް، 2 ވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރިއަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 27 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ސްޓެލްކޯ އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ވީމާ މި މައުލޫމާތު ތަކުގެ އިތުރުން ވިޔަފާރީގައި ބޭނުންކުރާނެ މައިގަނޑު ވަސީލަތްތަކާއި އަދި ޑިސްޓްރިބިއުޓް ކުރަން ރޭވިފައިވާ ގޮތާއި، މައިގަނޑު ކަސްޓަމަރުންނަކީ ކޮބައިކަމާއި، ކުރިއަށްއޮތް 06 މަސް ދުވަހަށް ލަފާކުރެވޭ ސޭލްސް ހިމަނައި، އަދި ތިފަރާތުން ފެން ޑިސްޓްރިބިއުޓަރުކަން ކުރުމުގެ ޤާބިލްކަން ހުރި މިންވަރު ޕްރޮޕޯސަލްގައި ބަޔާންކޮށް ދެއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338354/3338359 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މިއެޑްރެހަށެވެ.
28 ޛުލްޙިއްޖު 1441