މަސައްކަތް
ނަންބަރު: FSM-ADV/2020/023
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 22:48
ސުންގަޑި:
25 އޮގަސްޓް 2020 12:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ފިއުލް ޝެޑް (އީޒީފިލް 3) ގެ މަރާމާތުގެ ބައެއް މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ރެޖިސްޓްރޭޝަން: 25 އޯގަސްޓް 2020 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކުރައްވާ ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
މެއިލްގައި ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.
- ކުންފުނީގެ ނަން
- ގުޅޭނެ ނަންބަރު އަދި އީމެއިލް
- ކުންފުނި ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް
ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ ބީލަންތައް ބާޠިލު ކުރެވޭނެއެވެ.
- ބީލަން ހުށަހެޅުން: ބީލަން ހުށަހަޅުއްވާނީ، 03 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލްގެ ޒަރީޢާއިންނެވެ.
(އީމެއިލް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ހަމައްޖަސާފައިމިވަނީ، ކޮވިޑް-19 ގެ މިޙާލަތުގައި ގިނަ ފަރާތްތަކަކުން އެއްތަނަކަށް ޖަމާވެ ބައްދަލުވުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށް ނުވާތީއެވެ)
މިބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު، މިއިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.
20 އޮގަސްޓް 2020