މަސައްކަތް
ނަންބަރު: (IUL)340/340/2020/43
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 14:56
ސުންގަޑި: 01 ސެޕްޓެންބަރު 2020 14:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ކުޑަކުދިންގެޕާކު މަރާމާތުކުރުމާއި ބައެއް ކުޅޭތަކެތި އިންސްޓޯލްކޮށްދޭނެ ފަރާތެއްހޯދުން:

            މި ރަށު ކުޑަކުދިންގެ ޕާކުގައި އިތުރު ކުޅޭތަކެތި އެތުރުމާއި ބައެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުން ދެވަނަ ފަހަރަށްކުރި ނަންބަރު: 340/340/2020/43 (IUL) އިޢުލާނާގުޅިގެން ބާއްވަންޖެހޭ ޕްރީބިޑް މީޓިންގ ކޮވިޑް-19ގެ ބަލިމަޑުކަމާހުރެ ބައްދަލުވުންތައް ނުބޭއްވުމަށް ކަމާބެހޭ ފަރާތްތަކުން ލަފާދެއްވާފައިވާތީ އެ ޢިލާނާގުޅޭ ކަންކަން ކުރިއަށް ނުގެންދެވުމާއިގުޅިގެން އެ އިޢުލާން ބާޠިލްކޮށް އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.

                           މި ބީލަމުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ  ޢަމަލީ މަސައްކަތްކުރާ      ފަރާތްތަކުގެ   ޤަވާޢިދު         ނަންބަރު:  2019/R-1019" ގައިވާގޮތުގެމަތީން، ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

            މި  ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2020 އޮގަސްޓް 19 އިން 2020 ސެޕްޓެންބަރު 01 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް އެދި [email protected]  އަށް އީމެއިލް ކުރެއްވުން ނުވަތަ ނަންބަރު 6660714 ފޯނާ ރަސްމީ ގަޑީގައި ގުޅުއްވައިގެން ނުވަތަ ރަސްމީ ގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓުނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. ނަންނޯޓްކުރާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ބިޑްޑޮކިއުމެންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީ ދޫކުރެވޭނީ 44ރ (ސާޅީސްހަތަރު ރުފިޔާ) ދެއްކުމުންނެވެ. އީމެއިލްމެދުވެރިކޮށް ރަޖިސްޓްރީވުމަށް ހުށަހަޅާފަރާތްތަކުން ކުންފުނި  (ވިޔަފާރި/ޕާޓްނަރޝިޕް) ގެ ނަމާއި ވެރިފަރާތުގެ ނަމާއި ގުޅޭނެ ނަންބަރާއެކު ހުށަހެޅުމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ.

            މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

                          މި މަސައްކަތާގުޅިގެން އެއްވެސް ސުވާލެއްވާނަމަ މަތީގައިއެވާ މެއިލަށް 2020 ސެޕްޓެންބަރު 02 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް މެއިލްކުރައްވާ ފަރާތްތަކަށް ޖަވާބު ފޮނުވޭނެއެވެ.

                          މި މަސައްކަތުގެ ޕްރީބިޑް މީޓީންގ އޮންނާނީ 2020 ސެޕްޓެންބަރު 03 ވަނަ ދުވަހުގެ 12:30 ގައި މި އިދާރާގައެވެ. ބިޑްހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2020 ސެޕްޓެންބަރު 10 ވަނަ ދުވަހުގެ 12:30 ގައި މި އިދާރާގައެވެ.

19 އޮގަސްޓް 2020