ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2020/70
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި: 31 އޮގަސްޓް 2020 12:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިނާއީ މަސައްކަތްތަކަށް ބިމެއް ކުއްޔަށް ދޫކުރުން

ސިނާއީ މަސައްކަތްތަކަށް ބިމެއްކުއްޔަށްދޫކުރުން

 

          ހިންމަފުށީ ސިނާޢީ ސަރަޙައްދުން ( ރަށުގެދެކުނުކޮޅުން، އައުޓްލައިން ޗާރޓްގައި ފާހަގަ ކުރެވިފައިވާ 5000 އަކަފޫޓްގެ، ލޮޓް 1 ) ބިމެއް ލުއި ސިނާޢީ މަސައްކަތްތަކަށް ކާރުޚާނާހެދުމާއި، ގުދަންހެދުމާއި، މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތަކަށް ކުއްޔަށް ދޫކުރުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: 23(IUL)335-AS/335/2020/ އިޢުލާން ކޮވިޑް 19 އާއި ގުޅިގެން މުއްދަތު އިތުރުކޮށް ފުރުޞަތު ހުޅުވާލަމެވެ. އަދި ކުރިން މި ބިމަށް ބިޑް ފޯރމް ގަނެފައިވާ ފަރާތްތަކުގެ ބިޑްވެސް ބަލައިގަނެވޭނޭ ވާހަކަ ދަންނަވަމެވެ.   

           ވީމާ، މިބިން ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތް ތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް " ކުލީބިމަށް އެދޭފޯމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބީލަން  ހުށަހެޅުއްވުން އެދެމެވެ. ބިޑްގަންނަފަރާތްކަމަށް ލިޔުމުގައި ބަޔާންކޮށްފައިވާ ފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ކުލީބިމަށް އެދޭ ފޯމް ވިއްކުން

(ކުލީބިމަށްއެދޭފޯރމްވިއްކުމަށް ހަމަޖެހިފައިވަނީ 2000.00 ރ )

23 އޮގަސްޓް 2020 ވާ އާދީއްތަ ދުވަހުން ފެށިގެން 31 އޮގަސްޓް 2020 ވާ ހޯމަ ދުވަހަށް

ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ފެށިގެން 12:00

ހިންމަފުށީ ކައުންސިލްގެ އިދާރާއިން

މަޢުލޫމާތު ދިނުން  

01 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހު

މެންދުރު 12:00 

ހިންމަފުށީ ކައުންސިލްގެ އިދާރާ

ބީލަން ހުށަހެޅުން

( ކުލީބިމަށް އެދޭފޯރމް ހުށަހެޅުން )

10 ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަސް

މެންދުރު 12:00

ހިންމަފުށީ ކައުންސިލްގެ އިދާރާ

          

            ބިޑްފޯމް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަފޯމްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. މިބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 އޮގަސްޓް 2020