މަސައްކަތް
ނަންބަރު: (IUL)232-AG/232/2020/3
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 02 ސެޕްޓެންބަރު 2020 13:00
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ކައުންސިލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

01-  ސެކިއުރިޓީ ބަލަހައްޓާދޭނެ  ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ސެކިއުރިޓީ ބެލެހެއްޓުމުގެ ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

1-   ހަމަޖެހިފައިވާ އުޖޫރައަކީ މަހަކު -/10،000 ރުފިޔާއަށްވުރެ ބޮޑުނޫން އުޖޫރައެކެވެ.

2-   މުއްދަތު :1 އަހަރު ދުވަސް

3-   ޝަރުޠު : ލިޔަންކިޔަން ދަންނަ މީހެއް ކަމުގައިވުން.

    ޢުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން.

    އެފަދަކަމެއް ކުރުމަށް ޞިއްޙީ ގޮތުން ޤާބިލްކަން ހުރި މީހެއް ކަމުގައިވުން.

4-   ޑިއުޓީގައި ހުންނަވަން ޖެހިވަޑައި ގަންނަވާނީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ރަސްމީގަޑި ނިމުމުން ޖެހިގެން އަންނަ ދުވަހުގެ ރަސްމީގަޑި ފެށުމާއި ހަމައަށެވެ.

5-   ބަންދު ދުވަސްތަކުގައި 24 ގަޑިއިރު ޑިއުޓީއަށް ނުކުންނަން ޖެހޭނެއެވެ.  ބަޖެޓަށް އަންނަ ބަދަލަކާއި ގުޅިގެން ޑިއުޓީ ގަޑިއާއި އުޖޫރަ އުނިކުރަން ޖެހިއްޖެނަމަ އެކަން ބިޑް ކާމިޔާބުކުރާ ފަރާތަށް އެންގޭނެއެވެ.

6-   ވީމާ، މިކަމަށް ޝައުޤު ވެރިވެ ލައްވާ ފަރާތްތަކުން 2020 އޯގަސްޓް 26 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2020 ސެޕްޓެމްބަރ 02 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

7-  މިއިދާރާއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ ނަމްބަރ 6/2013 (ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނު  ނަމްބަރ 18/2014) އަދި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު  (ނަމްބަރ 19/2014  އަމިއްލަ ފަރުދުންގެ ވިޔަފާރި)  ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ވެގެން ގަވާއިދުން ހިންގާ ވިޔަފާރި ތަކަށެވެ.

19 އޮގަސްޓް 2020