ކުއްޔަށް ދިނުން
ނަންބަރު: (IUL)415/415/2020/111
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 19:40
ސުންގަޑި: 10 ސެޕްޓެންބަރު 2020 14:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުން ގދ. ތިނަދޫގައި ޢިމާރާތްކޮށްފައިވާ 120 ފްލެޓްގެ ތެރެއިން ޢިޢުލާން ނުކޮށް ބާކީހުރި 15 ފްލެޓު ކުއްޔަށް ދޫކުރުމަށް އިޢުލާންކުރުން

އިޢުލާން

 
 

ސަރުކާރުން ގދ. ތިނަދޫގައި ޢިމާރާތްކޮށްފައިވާ 120 ފްލެޓްގެ ތެރެއިން ޢިޢުލާން ނުކޮށް ބާކީހުރި 15 ފްލެޓު ކުއްޔަށް ދޫކުރުމަށް އިޢުލާންކުރުން

 

 

 

 

 

     

                 

ސަރުކާރުގެ ގެދޮރުވެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން ގދ.ތިނަދޫގައި ޢިމާރާތްކޮށްފައިވާ 120 ފުލެޓުގެ ތެރެއިން އިޢުލާންނުކޮށް ބާކީ ހުރި 15 ފްލެޓަށް ކުރިމަތި ލުމުގެ ފުރުޞަތު 18 އޮގަސްޓް 2020 އިން ފެށިގެން ވަނީ ހުޅުވައިލެވިފައެވެ. މި ފްލެޓްތަކަށް ކުރިމަތިލެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން ފްލެޓަށް އެދި ހުށަހަޅުއްވާ ފޯމް ފުރިހަމަ ކުރުމަށްފަހު 10 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 14:00ގެ ކުރިން ގދ . ތިނަދޫ ކައުންސިލްގެ އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މި ފްލެޓްތައް ދޫކުރުމަށް ކަނޑައެޅިފައިވާ އުޞޫލު މިއިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައިވާނެއެވެ. ހަމައެއާއެކު މި ކައުންސިލުން ފޯމް ދޫކުރަން ފައްޓާ ތާރީޚުން ފެށިގެން މި ފްލެޓްތަކަށް އެދޭ ފޯމާއި އުޞޫލު މިއިދާރާގެ ވެބްސައިޓް www.thinadhoo.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތިނަދޫ ކައުންސިލްގެ އިދާރާއިން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 އަށެވެ.

ފްލެޓްތަކަށް އެދި ފޯމް ހުށަހަޅުއްވާއިރު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަނުވާ ފޯމްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މި ފްލެޓްތަކަށް ފޯމް ހުށަހެޅުއްވޭނީ 01 ސެޕްޓެމްބަރ 2020ވަނަ ދުވަހުގެ ނިޔަލަށް ގދ. ތިނަދޫގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ގދ. ތިނަދޫގެ ރައްޔިތުންނަށެވެ.

                      މިހެންވެ، މިކަން ޢާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

18 އޮގަސްޓް 2020