ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)275-MS/275/2020/22
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 25 އޮގަސްޓް 2020 14:00
މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

އިޢްލާން

ރުއްގަހުގެ ވެރިފަރާތް ހޯދުން

                  މިރަށު ޞިއްޙީ މަރުކަޒުގެ ހުޅަނގު ފަރާތުގެ ހުސްބިމުން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކާއި ގުޅޭ މަގުތަކާއި ގޯޅިތަކަށްއަރާ އަމިއްލަ މީސްމީހުންގެ ރުއްގަހުގެ މަޢުލޫމާތު މިކައުންސިލުން ހޯދަން ބޭނުންވެއެވެ.

                  ވީމާ، އެސަރަޙައްދުގައި ހުރި އަމިއްލަ މީސްމީހުންގެ ރުއްގަހުގެ މަޢުލޫމާތު (ރުއްގަހުގެ ވެރިފަރާތުގެ ނަމާއި އެޑްރެސް، މަޢުލޫމާތު ދޭ ފަރާތުގެ ނަމާއި އެޑްރެސް، ރުއްގަސްހުރި ސަރަޙައްދު އަދި ރުއްގަހުގައި ހުދު ކުލައިގެ ދަވާދުން ޖަހާފައިވާ ނަންބަރު) އެނގޭނޭހެން މިއަދުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި މި ކައުންސިލަށް ލިޔުމަކުން އަންގަވައި ދެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މިއަދުން ފެށިގެން 05 ( ފަހެއް) ދުވަހުގެތެރޭގައި ކައުންސިލަށް މައުލޭމާތު ނުލިބޭ ރުއްގަހުގެ ވެރިފަރާތެއް ނެތްކަމަށް ބަލައި ނައްތާލެވޭނެ ވާހަކަވެސް ދެންނެވީމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

17 އޮގަސްޓް 2020