ދިވެހިރާއްޖެ
އިޢުލާން
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 2 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފުން |
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި މެނޭޖަރ ލެވެލްގެ ބޭފުޅުން ތިއްބެވުމަށް 2 ކޮޓަރީގެ އެޕާރޓްމަންޓެއް، 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެގެން 24 ޖޫން 2020 ގައި ކުރެވުނު ނަންބަރ:IUL)KRH-PLD/2020/24) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލް ތަކުގައިވާ އަގުތައް މާ ބޮޑު ކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލު ކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި މެނޭޖަރ ލެވެލްގެ ބޭފުޅުން ތިއްބެވުމަށް 2 ކޮޓަރީގެ އެޕާރޓްމަންޓެއް، 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚު ތަކުގައި ހޮސްޕިޓަލް މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.
- މައުލޫމާތު ސާފުކުރުން
25 އޯގަސްޓް 2020 ވާ އަންގާރަ ދުވަހުގެ 11:00 އަށް
- ޕްރޮޕޯސަލް ހުށަހެޅުން
01 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 11:00 އަށް
މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
18 އޯގަސްޓް 2020