އިޢުލާނު
|
މަޤާމު:
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-221342
|
ބޭނުންވާ އަދަދު:
|
01
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އެމް. އެސް. 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސީނިއަރ އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ކުޅުދުއްފުށި ކައުންސިލް އިދާރާ، ހދ. ކުޅުދުއްފުށި
|
މުސާރަ:
|
6,295.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
2000.00 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
ސަޕޯޓިން ކޯ އެލަވެންސް 900.00 ރުފިޔާ ސިވިލް ސާރވިސް މުއައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލް އިދާރާގެ އެންޓްރީ ސިސްޓަމް ބެލެހެއްޓުން. އިދާރާއަށް އަންނަ ފޯން ކޯލް، ސިޓީ، މެސެޖް އަދި އީ-މެއިލްތައް އެންޓްރީ ނިންމައި ގަވައިދުން ޝެކްޝަންތަކަށް ރޫޓް ކުރުން
- ކައުންސިލް އިދާރާއަށް އެކި ކަންކަމާއި ގުޅިގެން ހުށައެޅޭ ޝަކުވާތައް ގުޅުންހުރި ޝެކްޝަންތަކަށް ފޮނުވައި އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ގުޅުންހުރި މުވައްޒަފުންނާއެކު ކުރުން
- ކައުންސިލުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން، އަދި ކައުންސިލްގެ އެކިއެކި މަސައްކަތާއި ގުޅިގެން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓުތައް ފޮނުވިކަން ކަށަވަރުކުރުން
- ކައުންސިލްގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ ހުރިހާ ވަޞީލަތެއްހޯދުމާއި އެތަކެތި ބެލެހެއްޓުމުގެ އެންމެހާ މަސައްކަތް ކުރުން
- ކައުންސިލް އިދާރާގެ އެއްގަމުގައި ދުއްވާ ވެހިކަލްތައް ބަލަހައްޓައި އެތަކެތި މަރާމާތުކުރުމާއި، މަރާމާތުގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން އަދި ކުރަންޖެހޭ ދަތުރުތަކުގެ ކަންކަން ރާވާ ހިންގާ ބެލެހެއްޓުން
- އިދާރާގެ ސަޕޯޓް ސްޓާފުންގެ މަސައްކަތުގެ ތާވަލް އެކުލަވާލައި އިދާރާ ސާފުކުރުމާއި މެއިންޓަނަންސް ކުރަމުން ގެންދާކަން ޔަގީން ކުރަން
- ކައުންސިލް އިދާރާ، މިސްކިތްތައް އަދި ކައުންސިލް އިދާރާ ބެލުމުގެ ދަށުގައިވާ އެންމެހާ އިމާރާތްތައް ސާފުކުރުވުމާއި މި ތަންތަނުގެ ހާލަތު މޮނިޓަރކޮށް މަރާމާތު ނުވަތަ އާބާތުރަ ފިލުވަން ޖެހިއްޖެ ނަމަ އެމަސައްކަތް ރާވައި ކުރުވުން
- ކައުންސިލް އިދާރާއަށް ބޭނުންވާ ޚިދުމަތާއި، މުދަލާއި ތަކެތި ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދު އަދި މުދަލާއި ޚިދުމަތް ހޯދުމަށާއި ލިބި ގަތުމަށް ހެދިފައިވާ އުސޫލުތަކުގެ ތެރެއިން ހޯދުމާއި، އެކަމާބެހޭ ލިޔެކިޔުންތައް ގަވާއިދުން ބެލެހެއްޓުމުގެ އެންމެހާ މަސައްކަތެއް ކުރުން
- ކޯރޕަރޭޓް އެފެއަރޒް އަދި އެޑްމިން ޝެކްޝަން އިން އެކުލަވާލަންޖެހޭ އެންމެހާ އެކްޝަން ޕްލޭންތަކާއި ރިޕޯޓްތައް ތައްޔާރު ކުރުން އަދި މިފަދަ މަސައްކަތްތަކުގައި އެހީތެރިކަން ފޯރކޮށްދިނުން
- ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
- ކައުންސިލް އިދާރާގެ ޖެނަރަލް ސްޓޮކްއަށް ބޭނުންވާ ތަކެތި ހޯދާ އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމާއި ބޭނުންވާ ތަކެތި ދޫކުރުމުގެ މަސައްކަތް ކުރުން
- ކައުންސިލް އިދާރާ އަދި އިދާރާ ބެލުމުގެ ދަށުގައި ހުރި ތަންތަނުގައި ބާވެ ހަލާކުވެ ބޭނުންނުކުރެވޭ ގޮތަށް ހުރި ތަކެތި ޤަވާޢިދުން ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
- ކައުންސިލުން ބަލަހައްޓަން ޖެހޭ އިމާރާތްތަކާއި ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން
- މުވައްޒަފުންނާއި ގުޅުންހުރި މަސައްކަތްތަކުގައި އެޗް.އާރު ފޯކަލް ޕޮއިންޓަށް އެހީތެރިކަން ފޯރުކޮށްދިނުން
- އާންމުންގެ ފަރާތުން ހުށައެޅޭ އެކި މައްސަލަ ތަކުގައި ނަސޭހަތްދީ އެންގުން އަންގަންޖެހޭ ފަރާތްތަކަށް އެފަދަ އެންގުންތައް އެންގުމުގެ އެންމެހާ މަސައްކަތްތައް ކުރުން
- ޖެމްސް އަދި ވުނަ ސިސްޓަމް އަދާހަމަކޮށް ބެލެހެއްޓުމާއި އިދާރާގެ ލިޔެކިޔުންތައް އިލެކްޓްރޯނިކްކޮށް އަދި ފިޒިކަލްކޮށް ފައިލްކޮށް ބެކްއަޕްކޮށް ބެލެހެއްޓުން
- ގާރަޖް ހުއްދަ ދިނުމުގެ މަސައްކަތާއި، އޮޑިދޯނި ފަހަރުގެ ސާރވޭ އަދި ސަރުކާރުގެ އެކި އިދާރަތަކުން އަންގަވައިގެން އިންސްޕެކްޓް ކުރަންޖެހޭ ތަންތަން އިންސްޕެކްޓްކޮށް ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
- ކައުންސިލް ބިއުރޯގެ އެންމެހާ މަސައްކަތްތައް ވިލަރެސްކުރުމާއި ކުރުން. މި ގޮތުން އެޖެންޑާ ތައްޔާރު ކުރުން، ބައްދަލުވުންތައް އަދި ބްރީފިން ތަކުގެ ޔައުމިއްޔާ ތައްޔާރު ކުރުން
- ކައުންސިލް އިދާރާގެ ދުވަހު ޔައުމިއްޔާ ލިޔުމާއި ކައުންސިލުން ބާއްވާ އެކި ބައްދަލުވުންތަކުގެ ހާޒިރީ ބަލަހައްޓައި ޔައުމިއްޔާ ލިޔުން
- ކައުންސިލް އިދާރާގެ ވާރކް ޕްލޭން ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން
- ކައުންސިލް އިދާރާގެ އިދާރީ ރިޕޯޓްތައް އަދި ޕަރފޮމެންސް އިންޑެކްސްއަށް ބޭނުންވާ އެންމަހާ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
- ރަށަށް ދިމާވާ ކާރިސާ އަދި ހާދިސާ ތަކުގައި އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު ބެލެހެއްޓުން
- ކައުންސިލް އިދާރާއިން އެކުލަވާލަން ޖެހޭ އެކި އުސޫލްތައް ތައްޔާރު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
- ރަށަށް ޒިޔާރަތްކުރާ އެކި ވަފްދުތަކާއި އިއްޒަތްތެރިންނަށް ބޭނުންވާ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން
- ކައުންސިލް އިދާރާގެ ސޯޝަލް މީޑިއާ ޕްލެޓްފޯރމް އަދި ވެބްސައިޓް ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
- ކައުންސިލް އިދާރާގެ އިންފޮރމޭޝަން އޮފިސަރުގެ އެންމެހާ ޒިންމާތައް އަދާ ކުރުން
- އިދާރީ ސެކްސަންއަށް ރޫޓް ކުރެވޭ ސިޓީ، މެސެޖް އަދި އީ-މެއިލްތަކުގެ ޖަވާބު ތައްޔާރު ކުރުން
- ކައުންސިލް އިދާރާ ހުޅުވުމާއި ލެއްޕުމުގެ އެންމެހާ އިންތިޒާމް ހަމަޖެއްސުން
|
މަޤާމުގެ ޝަރުޠުތައް:
|
- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް އާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް މަސައްކަތު ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ 2. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް އާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ހާސިލްކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (27 އޯގަސްޓް 2020) ގެ (14:00) ގެ ކުރިން، (ކުޅުދުއްފުށި ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. ކޮވިޑް-19 ރޯގާއާއި ގުޅިގެން ސަރުކާރު އޮފީސްތައް ނުހުޅުވާ ދުވަސްތަކުގައި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީ-މެއިލް މެދުވެރިކޮށް އެކަންޏެވެ. އިދާރާގެ އީ-މެއިލްއަށް ފޯމު ލިބުމުން އެކަން ފޯމު ހުށައެޅުއްވި ފަރާތަށް އީ-މެއިލް މެދުވެރިކޮށް އެންގޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، (30 އޯގަސްޓް 2020) އާއި (30 ސެޕްޓެމްބަރ 2020) އާ ދެމެދު، (ކުޅުދުއްފުށި ކައުންސިލްގެ އިދާރާ) ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6527181) އަށެވެ. އީ-މެއިލް ކުރާނީ ([email protected] (އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|