މަސައްކަތް
ނަންބަރު: (IUL)SH-FAH-A/2020/08
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 12:24
ސުންގަޑި: 25 އޮގަސްޓް 2020 10:00
ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މޯބައިލް ލެބޯޓްރީ ޤާއިމުކުރުމާއި ގުޅޭ

އިޢުލާން

މިއަތޮޅުގައި ލެބޯޓްރީގެ ޚިދުމަތްލިބެން ނެތް މަރުކަޒުތަކަށް އެންމެ ގާތުން ލެބޯޓްރީގެ ޚިދުމަތް ލިބެން ހުރިމަރުކަޒަކަށް ގެންގޮސްގެން ޓެސްޓް ހެދޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މިނިސްޓްރީ އޮފް ހެލްތުން ވަނީ ނިންމާފައެވެ. އެހެންކަމުން މިމަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ސާމްޕަލްތައް ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ގެންގޮސްދޭނެ ބަޔަކު އައްޔަން ކޮށްގެންނެވެ.

ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 25 އޯގަސްޓް 2020 ވާ އަންގާރަ ދުވަހުގެ 10:00 އަށް ށ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ އެމަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 01 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 10:30އަށް ށ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ އެމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މޯބައިލް ލެބޯޓްރީ ޤާއިމްކުރާ ސިއްޙީމަރުކަޒުތައް

ށ. ގޮއިދޫ ސިއްޙީމަރުކަޒު

ށ. ނޫމަރާ ސިއްޙީމަރުކަޒު

ށ. ނަރުދޫ ސިއްޙީމަރުކަޒު

ށ. މަރޮށި ސިއްޙީމަރުކަޒު

ށ. ޅައިމަގު ސިއްޙީމަރުކަޒު

 

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

27 ޛުލްޙިއްޖާ 1441

17 އޯގަސްޓް 2020

17 އޮގަސްޓް 2020