ކުއްޔަށް ދިނުން
ނަންބަރު: (IUL)266/266/2020/84
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 27 އޮގަސްޓް 2020 13:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ކުއްޔަށް ދިނުމާބެހޭ

މިއިދާރާގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގައިވާ ރުއްގަސް 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް އިޢުލާންކުރަމެވެ.

ތިރީގައި ބަޔާންކޮށްފައިވާ ތަންތަނުގައިވާ ރުއްގަސް ކުއްޔަށް ނެގުމަށް ބޭނުންފުޅުވާ ފަރާތްތަކުން 23 އޯގަސްޓް 2020 (އާދީއްތަ) ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ބީލަމުގައި ރަޖިސްޓްރީ ކުރައްވާ "ރައްޔިތު ރުއްގަނޑުތައް ކުއްޔަށްހިފުމަށް އެދި ހުށަހަޅާ ފޯމް"  ނެންގެވުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީ ކުރުން ކުރިއަށްދާނީ ރަސްމީ ކޮންމެ ދުވަހެއްގެ 10:00 ން 12:00 ށެވެ. ބީލަން ހުށައެޅުން އޮންނާނީ 27 އޯގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގައެވެ. ބީލަން ހުށައެޅުއްވޭނީ ދެވިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވެފައިވާ، އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

  1. ބަންޑާރަ މައިދާނު ރުއްގަނޑު                 3. ޖެންޑަރ ހުޅަނގު ރުއްގަނޑު
  2. ކެމްޕަހު ހުޅަނގު ރުއްގަނޑު                  4. އައިލެންޑް އެކްސްޕާޓް ދެކުނު ރުއްގަނޑު

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަމްބަރ 6528831 ފޯނަށް ގުޅުއްވުން އެދެމެވެ.

16 އޮގަސްޓް 2020