ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266/2020/83
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 14:11
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ގެދޮރާއި ގުޅުން ހުރި ކަންކަން ކުރުމުގައި ކައުންސިލްގެ ހުއްދަ ހޯދުން

މިކައުންސިލުން ހުއްދަ ނުހޯދައި މިހާރަކަށް އައިސް ބައެއް ފަރާތަކުން ގޯތީގައި ޢިމާރާތްކުރުމާއި، އިންފާރު ރޭނުމާއި، ދޮރޯށި ކެނޑުންފަދަ މަސައްކަތް ކުރަމުންދާކަންވަނީ ފާހަގަ ކުރެވިފައެވެ. އެހެން ކަމުން ކުރިއަށް އޮތްތަނުގައި ޤަވާއިދު ނަންބަރ 2014/R-182 އާއި އެއްގޮތްވާ ގޮތުގެ މަތިން މިކައުންސިލުން ހުއްދަ ދޯއްދަވައިގެން އެފަދަ މަސައްކަތްތައް ކުރެއްވުން އެދެމެވެ. އަދި އިސްވެ ދެންނެވުނު ޤަވާއިދާ ޚިލާފުވާ ފަރާތްތަކާއިމެދު އެޤަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާން ވެގެންވާ ގޮތުގެމަތި އަމަލުކުރަން ޖެހިދާނެކަމުގައި ދަންނަވަމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 އޮގަސްޓް 2020