މަޤާމުގެ ކްލެސިފިކޭޝަން: އެކެޑެމިކް
މަޤާމުގެ މުއްދަތު: ޢައްޔަނު ކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް
ލިބޭ އުޖޫރައާއި އެހެނިހެން އިނާޔަތްތައް:
- މުވައްޒަފަށް ލިބޭ މުސާރަ އާއި އެލަވަންސް
- ޕީ.އެޗް.ޑީ ނަމަ، މުސާރަ: 15,246.00ރ، ސާރވިސް އެލަވަންސް: 6،534.00ރ
- މާސްޓަރ ނަމަ، މުސާރަ: 12,687.50ރ، ސާރވިސް އެލަވަންސް: 5,437.50ރ
- ކުރީގެ ޢިލްމީ މަސައްކަތަށް ބަލައި މުސާރަ އާއި އެލަވަންސް މަތީ "ސްޕައިން ޕޮއިންޓް" އަކަށް ޕްރޮމޯޓް ވުމުގެ ފުރުޞަތު، އެކެޑެމިކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އޮންނާނެއެވެ.
- ޓެނުއަރޝިޕް އެލަވަންސް: 9،000.00 - 10،000.00 ރުފިޔާ އާ ދެމެދު (ކޮންޓްރޯލަރ އޮފް އެގްޒާމިނޭޝަންސް އައްޔަންކުރުމުގެ އުޞޫލުގެ (ނ) ގައިވާގޮތުގެ މަތިން)
- ފޯން އެލަވަންސް: މަހަކު 500.00 ރުފިޔާ
ތަޢުލީމާއި ތަޖުރިބާ
- އެމް.ކިޔޫ.އޭއިން ޤަބޫލުކުރާ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް، ނުވަތަ
- އެމް.ކިޔު.އޭ އިން ޤަބޫލުކުރާ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދަކާއި ލެވެލް 7 ގެ ސަނަދެއް، ގުޅުންހުރި ދާއިރާއަކުން ހާޞިލްކޮށްފައި ވުން.
- މަދުވެގެން 3 އަހަރު ދުވަހުގެ ހިންގުމުގެ ނުވަތަ ޓާރޝަރީ ފެންވަރުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ޙާޞިލްކޮށްފައި ވާން ވާނެއެވެ. ތަޖުރިބާ ގުނާނީ، ފުލްޓައިމް ވަޒީފާތަކުގެ ތަޖުރިބާއެވެ.
ކޮންޓްރޯލަރ އޮފް އެގްޒާމިނޭޝަންސް ޢައްޔުނު ކުރުމަށް ޢަމަލު ކުރަމުންދާ އުޞޫލު ޔުނިވަރސިޓީގެ ވެބް ސައިޓުން ލިބޭނެއެވެ.
https://mnu.edu.mv/wp-content/uploads/2016/10/Policy-on-Selection-of-Controller-of-Examinations-Revised-on-7th-August-2019.pdf
އެޕްލިކޭޝަން ފޮނުވަންވީތާރީޚް: 2020 އޮގަސްޓް 23ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާއަށް.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ޔުނިވަރސިޓީ ގެ ވެބްސައިޓުގެ ލިންކުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ).
http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-2.pdf
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއްނަމަ، އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު)
ނޯޓް:
- އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާންގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއި އެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާންގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގައި މަޢުލޫމާތު ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލް ވާނެއެވެ.
- އިންޓަރވިއު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އިންޓަރވިއު ޕެނަލްއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345143 ނަންބަރު ފޯނާއެވެ.
އީމެއިލް: [email protected] |