ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.
| މަޤާމް: | އެޑްމިނިސްޓްރޭޓިވް އޮފިސަރ | ބޭނުންވާ ޢަދަދު: 01 | ||
| މަޤާމުގެ ބާވަތް: | ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ. މިވަޒީފާއަކީ ވޭޖް އެމްޕްލޯއިމެންޓް އުޞޫލުން އުޖޫރަ ދެވޭ ވަޒީފާއެކެވެ.) | |||
| މަޤާމް އޮތް ޔުނިޓް: | ކޯޕަރޭޓިވް އެފެއާރޒް ޔުނިޓް | |||
| ދާއިރާ: | ކޯޕަރޭޓިވް އެފެއާރޒް | |||
| މުސާރައާއި އެލަވަންސް: | މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 285/- (ދުއިސައްތަ އަށްޑިހަ ފަހެއް) ރުފިޔާ. މި މުސާރަ ކަނޑައެޅިފައިވަނީ މި މަޤާމުގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު ޖުމްލަ 4,465/- (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ އާއި ސާރވިސް އެލަވަންސަށް މަހަކު ޖުމްލަ 1,500/- (އެއްހާސް ފަސްސަތޭކަ) ރުފިޔާ، ސަޕޯޓިންގ ކޯ އެލަވަންސަށް މަހަކު ޖުމްލަ 700/-(ހަތްސަތޭކަ) ރުފިޔާ އަދި އިތުރުގަޑީގެ ފައިސާއަށް މަހަކު އެވަރެޖްކޮށް 745/- (ހަތްސަތޭކަ ސާޅީސް ފަހެއް) ރުފިޔާ ހިމެނޭގޮތުންނެވެ. | |||
| ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް: | 
 | |||
| ތަޢްލީމީ ފެންވަރު: 1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ 2- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ 3- ސާނަވީ ނުވަތަ އެއާއި އެއްފަންވަރުގެ އިމްތިޙާނަކުން ދަށްވެގެން ޑީ ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް އިމްތިޙާނަކުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ 4- ގްރޭޑް 10 ނިންމާފައިވުމާއެކު، އިދާރީ މަސައްކަތުގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. | ||||
| މަޤާމަށް ބޭނުންވާ ހުނަރު: 
 | 
 | |||
| ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 
 | ||||
| ހުށަހަޅަންޖެހޭ ލިޔުންތައް: | 1- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް. 2- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3- ތަޢްލީމީ ސަނަދުތުތަކުގެ ކޮޕީ. 4- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ. | |||
| ސުންގަޑި: | 18 އޮގަސްޓް 2020 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް. | |||
ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.