މަސައްކަތް
ނަންބަރު: (IUL)471-CDS3/1/2020/122
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 21:33
ސުންގަޑި: 25 އޮގަސްޓް 2020 09:30
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީގެ ފަރާތުން ބަލަހައްޓަމުން ގެންދާ ޣާޒީ އަދި ހުރަވީ ޢިމާރާތުގެ ސެކިއުރިޓީ 02 އަހަރު ދުވަހަށް ބަލަހައްޓާނެ ފަރާތެއް ހޯދުމާއި ގުޅޭ

މިނިސްޓްރީގެ ފަރާތުން ބަލަހައްޓަމުން ގެންދާ ޣާޒީ އަދި ހުރަވީ ޢިމާރާތުގެ ސެކިއުރިޓީ 02 އަހަރު ދުވަހަށް ބަލަހައްޓާނެ ފަރާތެއް ހޯދުމާއި ގުޅޭ

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބަލަހައްޓަމުން އަންނަ ޣާޒީ އަދި ހުރަވީ އިމާރާތުގެ ސެކިއުރިޓީ 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން "ބިޑް ރަޖިސްޓްރީކުރާ ފަރާތްތަކުގެ ހާޟިރީ"  ފޯމް ފުރިހަމަކުރެއްވުމަށްފަހު 18 އޯގަސްޓް 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން [email protected] ނުވަތަ [email protected] އަށް އީމެއިލްކޮށް ބީލަން ރަޖިސްޓަރ ކުރަންވާނެއެވެ.ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ. މިއިޢުލާނާއި އެކު "ބިޑް ރަޖިސްޓްރީކުރާ ފަރާތްތަކުގެ ހާޟިރީ"  ފޯމް އެޓޭޗްކުރެވިފައި ވާނެއެވެ.

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 25 އޯގަސްޓް 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:30 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި އިޢުލާން ނަންބަރު، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރެއްވުމަށް ދަންނަވަމެވެ.

 

 

ބިޑް ސެކިއުރިޓީ، ޕާފޯމަންސް ގެރެންޓީ އަދި އެޑްވާންސް ޕޭމަންޓް

މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 20,000.00ރ (ވިހި ހާސް ރުފިޔާ) ދިވެހި ރުފިޔާ ހުށަހަޅުއްވަން ވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޙުން ފެށިގެން 45 ދުވަހެވެ. މި މަސައްކަތުގެ ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 23 އޯގަސްޓް 2020 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:30 ގެ ކުރިން    [email protected]  ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

13 އޮގަސްޓް 2020