މަސައްކަތް
ނަންބަރު: (IUL)280-PRO/INDIV/2020/21
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 08:31
ސުންގަޑި: 26 އޮގަސްޓް 2020 14:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ޅައިމަގު ކުނިވަޅުގަނޑު ސާފުކުރުން

މިރަށުގައި ކުނި އެޅުމަށް ހެދިފައިވާ ކުނިވަޅުގަނޑުގެ ބޭރުގައި ހުރި ކުނިތައް، ވަޅުގަނޑަށް ކަހާލައި، ކުނިވަޅުގަނޑު އަންދާލައި، ވަޅުގަނޑު ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ހުށަހެޅުއްވުންއެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާ ނަމަ ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި އެޑްރެސް އެނގޭގޮތަށް ހުށަހަޅާފަރާތުގެ ސިޓީއަކާއެކު ހުށަހެޅުއްވުންއެދެމެވެ.

  • މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާނީ 19 އޮގަސްޓް 2020 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 އަށް ޅައިމަގު ކައުންސިލްގެ އިދާރާއަށެވެ.
  • އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 26 އޮގަސްޓް 2020 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 އަށް ޅައިމަގު ކައުންސިލްގެ އިދާރާއަށެވެ.

މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކާ ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

            އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި އެޑްރެހާއި އިޢުލާން ނަންބަރާއި ބިޑްކުރެވޭ މަސައްކަތް ލިޔެ،  މިއިދާރާއަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

     މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

12 އޮގަސްޓް 2020