ދެންނެވުން
ނަންބަރު: 7-TECH/CIR/2020/7
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 14:43
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދިވެހި ރާއްޖޭގެ ޤާނޫނީ އޮޑިޓް ކުރުމުގެ ގަވާއިދު (ނަންބަރު R-23/2020) ގެ ދަށުން 2020 ވަނަ އަހަރަށް އޮޑިޓް ލައިސަންސަށް އެދި އެޕްލިކޭޝަން ފޯމް ހުށަހެޅޭނެ އެންމެ ފަހު ތާރީޚު

2020 ވަނަ އަހަރަށް އަމިއްލަ ފަރުދުންނާ އަދި އޮޑިޓް ފާމްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ އޮޑިޓް ލައިސަންސަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު މި އޮފީހުން ބަލައިގަންނާނެ އެންމެ ފަހު ތާރީޚަކީ 31 އޮގަސްޓް 2020 އެވެ. ވީމާ، 2020 ވަނަ އަހަރަށް އޮޑިޓް ލައިސަންސް ބޭނުންފުޅުވާ  ފަރާތްތަކުން، މަތީގައި ދެންނެވިފައިވާ ތާރީޚުގެ ކުރިން އޮޑިޓް ލައިސަންސް އެޕްލިކޭޝަން ފުރިހަމަކުރެއްވުމަށްފަހު [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދި ދަންނަވަމެވެ. އަދި މި ތާރީޚުގެ ފަހުން އޮޑިޓް ލައިސަންސަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކަށް  އޮޑިޓް ލައިސަންސް ދޫކުރެވެނީ 2021 އަށް ކަމުގައި ދަންނަވަމެވެ.

އޮޑިޓް ލައިސަންސަށް އެދޭ އެޕްލިކޭޝަން ފޯމް އޮޑިޓަރ ޖެނެރަލް އޮފީހުގެ ވެބްސައިޓްއިން ލިބެން ހުންނާނެއެވެ.                                                                        

12 އޮގަސްޓް 2020