ޢާންމު މަޢުލޫމާތު
ނަންބަރު: 2020/2
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 13:26
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިރުވެލި މާލަން ދޫކުރުމުގެ އުޞޫލު
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
Secretariat of the Maduvvaree Council, North Maalhosmadulu
2020/2
އިރުވެލި މާލަން ދޫކުރުމުގެ އުޞޫލު
12 މާރިޗު 2020
އިރުވެލި މާލަން ދޫކުރުމުގެ އުޞޫލް
- އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޚިލާފު އެއްވެސް ޚަރަކާތެއް މިމާލަމުގައި ހިންގައިގެން ނުވާނެއެވެ.
- އިރުވެލި މާލަން ދޫކުރާނީ، އެމާލަމުގައި ހިންގަން ގަސްދުކުރާ ޙަރަކާތް ބޭއްވުމަށް ބޭނުންވާ ތާރީޚްގެ 24 ގަޑިއިރު ކުރިން މާލަން ހޯދުމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުންނެވެ.
- ދަޢުލަތުގެ މުއައްސަސާތަކާއި ސަރުކާރު އޮފީސްތަކުގެ ރަސްމީ ބޭނުންތަކަށް ފިޔަވައި އެހެނިހެން ފަރާތްތަކަށް މާލަން ދޫކުރެވޭނީ ތިރީގައިވާ ތާވަލުގައި ބަޔާންކުރާ އަގުތަކަށެވެ.
އިރުވެލި މާލަން ދޫކުރުމަށް ހަމަޖެހިފައިވާ އަގުތައް |
||
1 |
ޖަލްސާ / ސެމިނާ / ވާކޮޝޮޕް އަދި ޓްރެއިނިންތައް ހިންގުން |
-/500 |
2 |
ކައިވެނިޕާޓީ / އުފަންދުވަހުގެ ޕާޓީ / އެހެނިހެން ޕާޓީތައް |
-/1000 |
3 |
ފިލްމު އެޅުވުން |
-/1000 |
4 |
އެހެނިހެން ބޭނުންތަކަށް |
-/500 |
- އިރުވެލި މާލަން ހޯދުމަށް އެދޭ ފޯމާއެކު ފައިސާ ދައްކަންވާނެއެވެ.
- އިރުވެލި މާލަމުގައި ހިންގާ ހުރިހާ ޙަރަކާތެއް ހިންގަންވާނީ ޢާއްމުއިޖްތިމާޢީ މިންގަނޑުތަކާއި އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.
- އިރުވެލި މާލަމުގައި ހިންގާ ހުރިހާ ޙަރަކާތްތަކެއްގައިވެސް، ތަނުގެ ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.
- މާލަން ބޭނުންކުރުމުގެ ތެރޭގައި ތަނަށް ނުވަތަ އެއްޗަކަށް ލިބޭގެއްލުމަށް މާލަން ބޭނުންކުރުމަށް ނަގާފައިވާ ފަރާތުން ޒިންމާ ވާންވާނެއެވެ. އަދި ހަލާކުވެ ނުވަތަ ގެއްލުން ލިބިފައިވާ އެއްޗެއްގެ ބަދަލު ދޭންވާނެއެވެ.
- އިރުވެލި މާލަން ބޭނުންކުރުމުގައި ތަނުގައި އުފެދޭކުނި، ކައުންސިލްގެ ކުނިއުކާލުމާއި ކުނިނައްތާލުމުގެ އުޞޫލާއި އެއްގޮތަށް، މާލަން ބޭނުންކުރާ ފަރާތުން ނައްތާލަންވާނެއެވެ.
12 އޮގަސްޓް 2020