ދިވެހިރާއްޖެ
ނަންބަރު:A/IUL/344/2020/20
އިޢުލާން
އއ. ފެރިދޫގައި ވެއްޓިފައިވާ 04 ގަސް ނީލަން ކިޔުން:
އއ. ފެރިދޫ އަމީނީމަގު ދެކުނު ފަރާތު އަތިރީގައި ވެއްޓިފައި އޮތް ކާނި ގަހަކާއި، ކުރީގެ ދިރާގު ބިމާ ދިމާއިން އަތިރީގައި ވެއްޓިފައި އޮތް ކާނި ގަހަކާއި، އަދި ހަމަ އެދިމާލުން އިރުމަތީ އަތިރީގައި ވެއްޓިފައި އޮތް ދިއްގާ ގަހަކާއި، އަދި ކުޑައޮޅުމަގުގައި ވެއްޓިފައި އޮތް ފިތުރޯނު ގަހުގެ ނީލަން ކިޔުން 26 އޮގަސްޓް 2020 ވާ ބުދަ ދުވަހުގެ 10:00 ގައި މިކައުންސިލްގެ އިދާރާގައި އޮންނާނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 26 އޮގަސްޓް 2020 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މިކައުންސިލްގެ އިދާރާއަށް ދުރުވެ ދެއްވުން އެދި ދެންނެވީމެވެ. އަދި މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ދުރުވަންވާނީ މާސްކު އަޅުއްވައިގެން ކަމުގައިވެސް ދަންނަވަމެވެ.
22 ޛުލްޙިއްޖާ 1441