ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRD/IU/2020/136
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 18 އޮގަސްޓް 2020 15:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު- ޖެނެރަލް މެނޭޖަރ

   

                                      އިޢުލާން 

މުވައްޒަފުން ބޭނުންވެއްޖެ: 

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ. 

 

މަޤާމް: 

ޖެނެރަލް މެނޭޖަރ  

ބޭނުންވާ އަދަދު:             

  • 01 

ވަޒީފާގެ ބާވަތް: 

  • ދާޢިމީ – 03 މަސް ދުވަހުގެ ޕްރޮބޭޝަނަށްފަހު. 

މުސާރަ  އާއި އިނާޔަތްތައް:         

  • މަހަކު MVR 42,000  

  • މެޑިކަލް އިންޝުއަރަންސް 

  • ޕެންޝަން ސްކީމް 

ވަޒިފާ އަދާކުރަންޖެހޭ ތަން: 

  • ރިޕެއަރ އެންޑް މެއިންޓަނަންސް ޑިވިޜަން/ކ. ތިލަފުށީގައި 

  • އެމް.ޓީ.ސީ.ސީ އިން އަންގާ ކުންފުނީގެ އެހެނިހެން ތަންތަން  

ޝަރުޠު                   

  • މެކޭނިކަލް އެންޖިނިއަރިންގ ގެ ދާއިރާއިން "އެމް.ކިޔު.އޭ" ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއި؛ 

  • މަދުވެގެން 10 އަހަރުގެ މަސައްކަތުގެ ތަޖުރިބާ؛ ކޯރޕަރޭޓް ބިޒްނެސްއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއިއެކު މަދުވެގެން 4 އަހަރު ދުވަހު މެނެޖީރިއަލް ފެންވަރުގެ މަޤާމެއް އަދާކޮށްފައިވުން. 

  • މީހުންނާއި އެންމެ ރަގަޅަށް މުއާމަލާތުކުރުމާއި އާންމު ތަންތަނުގައި ވާހަކަ ދެއްކުން އަދި ޕްރެސެންޓޭޝަން ދިނުމުގެ ހުނަރު ލިބިފައިވުން. 

  • ބަޖެޓިންގ، ސޭލްސް، ބިޒްނަސް ޑެވެލޮޕްމަންޓް އަދި ސްޓްރެޖިކް ޕްލޭނިންގ ފަދަ ކަންކަމުގެ މައުލޫމާތު ލިބިފައި ވުމާއި އެކު އެފަދަ ނިޒާމުތައް ދިރާސާކުރުމުގެ ޤާބިލިއްޔަތާއި ހުނަރު ލިބިފައިވުން. 

  • މަޤާމަށް ބޭނުންވާ ޓެކްނިކަލް ހުނަރާއި މަޢުލޫމާތު ލިބިފައިވުން؛ 

  • މުވައްޒަފުންނާއި ކުންފުނިން ބޭރުގެ ފަރާތްތަކުގެ އިތުބާރު ދެމެހެއްޓޭ ފަދަ މީހަކަށްވުން؛ 

  • ޢާންމުކޮށް ވިޔަފާރީގެ ދާއިރާ އަދި ޚާއްޞަކޮށް ކުންފުނިން ހަރަކާތްތެރިވާ ސިނާޢަތްތަކާ ބެހޭގޮތުން އެމް.ޓީ.ސީ.ސީގެ ބޭނުންތަކަށް އެކަށީގެންވާ ފުޅާމިނަށް ތަޖުރިބާ ލިބިފައވުން؛  

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް 

  • މިވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާން ކުރެވިފައި ވާނެ އެވެ. މިމަގާމުގެ ޓާރމްސް އޮފް ރެފަރެންސް ކުންފުނީގެ ވެބްސައިޓްhttps://mtcc.mv/careers/  އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. 

 

 

އިންޓަރވިއު: 

  • މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 19 އޮގަސްޓް 2020 ން 27 އޮގަސްޓް 2020 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ. 

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 1އޮގަސްޓް 2020  ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް ޑިވިޜަނުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ. 

ވެބްސައިޓް:  https://mtcc.mv/careers/   

ފޯން:3001100/ 3001141 / 3001144 

އީމެއިލް:[email protected]          

ނޯޓް:  

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)  

  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ. 

  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. 

  •  އަދި މައުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. 

  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ. 

                                                    12 އޮގަސްޓް 2020 

12 އޮގަސްޓް 2020