ދިވެހިރާއްޖެ
އިޢުލާން ނަންބަރު: IUL)438-MCEP/438/2020/137) ޕްރޮޖެކްޓް ނަންބަރު: MV-MEE-158464-CS-CQS
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ޒޯން 4 އަދި 5 ގައި ހިމެނޭ މީހުން ދިރުއުޅޭ 36 ރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމަށް ބޭނުންވާ ތިމާވެށީގެ އަދި އިޖުތިމާއީ ދިރާސާ (އެންވަޔަރަންމަންޓް އަދި ސޯޝަލް އެސެސްމަންޓް) ތައް ހެދުމަށް ކޮންސަލްޓެންސީގެ ޙިދުމަތް ފޯރުކޮށްދޭނެ 2 ކޮންސަލްޓަންސީ ފަރމް ހޯދުމަށް
ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި ވޯރލްޑް ބޭންކުގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން، ޒޯން 4 (މ.ފ.ދ އަތޮޅު) އަދި 5 (ތ.އަދި ލ.އަތޮޅު) ގައި ހިމެނޭ، މީހުން ދިރިއުޅޭ 36 ރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމަށް ބޭނުންވާ ތިމާވެށީގެ އަދި އިޖުތިމާއީ ދިރާސާތައް (އެންވަޔަރަންމަންޓް އަދި ސޯޝަލް އެސެސްމަންޓް) ހެދުމަށް ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދޭނެ 2 ކޮންސަލްޓަންސީ ފާރމް ހޯދުމަށް ބޭނުންވެއެވެ.
މިދިރާސާތައް ހެދުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ސްކޯޕް 2 ލޮޓަކަށް ބަހާލައިގެން 2 ކޮންސަލްޓަންސީ ފާރމް މެދުވެރިކޮށެވެ. މިގޮތުން ލޮޓުތައް ބަހާލެވިފައިވާ ގޮތުގެ ތަފްސީލު ތިރީގައި ބަޔާންކުރަމެވެ.
ލޮޓު 1:
ހ) ޓެކްނޮލޮޖީ އަދި ޑިޒައިންއަށް ގެނެވިފައިވާ ބަދަލުތަކަށް ރިއާޔަތްކޮށް ކުރިން ތައްޔާރުކޮށްފައިވާ 6 ރަށެއްގެ ކުނީގެ ވަޞީލަތް މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމާއިގުޅޭ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން (އީ.އެސް.އެމް.ޕީ) އަޕްޑޭޓްކުރުން.
ށ) އިންވެސަލް ކޮމްޕޯސްޓިންގ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކާދުތައްޔާރުކުރުމަށް ހުށަހަޅާފައިވާ ކޮންސެޕްޓަށް ބިނާކޮށް 14 ރަށެއްގެ ކުނީގެ ވަޞީލަތް މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑްކުރުމަށް ބޭނުންވާ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން (އީ.އެސް.އެމް.ޕީ) ތައްޔާރުކުރުން.
ލޮޓު 2:
ހ) "އެނެރޯބިކް ޑައިޖެސްޝަން" ޓެކްނޮލޮޖީ ޕައިލޮޓުކުރުމަށް ކަނޑައަޅާފައިވާ 4 ރަށަށް ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން (އީ.އެސް.އެމް.ޕީ) ނުވަތަ ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީ.އެސް.އައި.އޭ) ތައްޔާރުކުރުން އަދި މެޝިން ބޭނުންކޮށްގެން ކާދުތައްޔާރުކުރުމަށް ހުށަހަޅާފައިވާ ޓެކްނޮލޮޖީ ޕައިލޮޓްކުރުމަށް ކަނޑައަޅާފައިވާ 4 ރަށަށް ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން (އީ.އެސް.އެމް.ޕީ) ތައްޔާރުކުރުން.
ށ) އިންވެސަލް ކޮމްޕޯސްޓިންގ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކާދުތައްޔާރުކުރުމަށް ހުށަހަޅާފައިވާ ކޮންސެޕްޓަށް ބިނާކޮށް 8 ރަށެއްގެ ކުނީގެ ވަޞީލަތް މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ބޭނުންވާ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން (އީ.އެސް.އެމް.ޕީ) ތައްޔާރުކުރުން.
ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ގައި ޕްރޮޕޯސަލް ތައްޔާރުކޮށްފައިވާ ލޮޓް (ލޮޓް 1 ނުވަތަ ލޮޓް 2) ސާފުކޮށް ބަޔާންކުރަންވާނެއެވެ. 2 ލޮޓަށް ނެގުމަށް ހަމަޖެހިފައިވަނީ 2 ފާރމްކަމަށް ވަތީ މި ދެބައިގެ އިވެލުއޭޝަންވެސް ކުރިއަށް ގެންދެވޭނީ ވަކިވަކިންނެވެ.
މިމަސައްކަތުގެ ޓަރމްސް އޮފް ރިފަރަންސް (ޓީ. އޯ. އާރް) ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ޓީ. އޯ. އާރް ގައި ބަޔާންކުރެވިފައިވާނެއެވެ.
މި މަސައްކަތަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ލިއެކިއުންތައް:
- ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
- މިމަސައްކަތަށް ޝައުގުވެރިވާ ކުންފުންޏާއި ވަކި ވަކި ޓީމް މެމްބަރުންގެ މަސައްކަތުގެ ތަޖުރިބާއާއި ގާބިލިއްޔަތު ދައްކުވައިދޭ ޕްރޮޕޯސަލް. މިޕްރޮޕޯސަލްގައި ކުރީގައި މިފަދަ ޚިދުމަތްތައް ފޯރުކޮށްދީފައިވާ ތަންތަނުން ދީފައިވާ ތަޖުރިބާގެ ލިއުންތަކާއި ޓީމްގައި ހިމެނޭ މެމްބަރުންގެ ވަނަވަރާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓްކޮށްފައި ކޮޕީ ހިމަނަންވާނެއެވެ. (ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.)
- ނޯޓު: ހުށަހަޅައްޖެހޭ ލިޔެކިއުންތަކުގެ ފުރިހަމަ މައުލޫމާތަކާއި އިތުރު ތަފްސީލު ޓީ.އޯ.އާރ ގައި ބަޔާންކޮށްފައިވާނެއެވެ.
- މަސައްކަތް ރާވާ ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން.
މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 19 އޯގަސްޓް 2020 ވާ ބުދަ ދުވަހުގެ 13:00 ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލްގެ ޛަރީޢާއިން ހުށަހަޅުއްވަން ވާނެއެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިވާ އަދި ޝަރުޠުހަމަވާ ކޮންސަލްޓެންސީ ފާރމްތަކުން 26 އޯގަސްޓް 2020 ވާ ބުދަ ދުވަހުގެ 13:00 ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުންއެދެމެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް:
ޕްރޮޖެކްޓް މެނޭޖަރ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން، މާފަންނު
މާލެ، ދިވެހިރާއްޖެ.
ނަންބަރު: +960 3018441 , +960 3018451