ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/2020/27
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 09:58
ސުންގަޑި: 19 އޮގަސްޓް 2020 14:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިނބިދޫ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގައިހުރި ރުއްގަހަށް ބަދަލުދިނުމާބެހޭ

އިޢުލާން

ކިނބިދޫ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތް އެޅުމަށް

ހަމަޖެހިފައިވާ ބިމުގައިހުރި ރުއްގަހަށް ބަދަލުދިނުމާބެހޭ

   ކިނބިދޫ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގައިހުރި  ރުއްގަހުގެ ބަދަލު ހަމަޖެއްސުމަށް ސަރުކާރުން ފައިސާ ހަމަޖައްސަވައި ދެއްވާފައިވާތީ  މި ރުއްގަހުގެ ވެރިންނަށް ބަދަލު ފައިސާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ރުއްތަކުގައި  ފެހިކުލައިގެ ދަވާދުން  ނަމްބަރު 1 ން 76 ށް ނަމްބަރު ޖަހާފައިވާނެއެވެ.  ރުއްގަހުގެ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ  ކޮވިޑް 19 އާގުޅިގެން  ރައް  ކާތެރިކަމުގެ ފިޔަވަޅު އެޅުމުގެގޮތުން ފައިސާ އާ ޙަވާލުވާ ފަރާތުގެ ބޭންކް އެކައުންޓަށް ޓްރާންސްފަރ ކުރާގޮތަށެވެ.  އަދި މި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލް ގައި ރުއްގަސް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.

ވީމާ މިދެންނެވި ރުއްގަހުގެ  ވެރިފަރާތްކުން  ބަދަލުފައިސާ ހޯއްދެވުށް ފައިސާ ޖަމާކުރަންބޭނުންވާ ފަރާތުގެ ބޭންކް އެކައުންޓްނަމްބަރ އެނގޭނެ އިތުބާރުހިފޭ ލިޔުމަކާއެކު  ( އެކައުންޓް ނަމްބަރ އެނގޭނެ ސްލިޕްކޮޅެއް ނުވަތަ ޗެކް ގެ ފޮޓޯކޮޕީއެއް )  ކައުންސިލުން ޖަހާފައިވާ ނަމްބަރު  1 ން 76  ގެތެރެއިން ކޮން ނަމްބަރެއްކަން އެނގޭގޮތަށް ލިޔުއްވައި  19 އޮގަސްޓް 2020 ވަނަދުވަހުގެ އޮފީސްބަންދުވުމުގެކުރިން  މި އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢްލާނުކުރީމެވެ.

 

                21  ޛުލްޙިއްޖާ 1441  

                 11 އޮގަސްޓް 2020      

11 އޮގަސްޓް 2020