ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)308/2020/44
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 09:58
ސުންގަޑި: 25 އޮގަސްޓް 2020 13:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތައް މަރާމާތުކުރުން

އިޢުލާން

މިސްކިތްތައް މަރާމާތުކުރުން

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު މިސްކިތްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. 

މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ ބިޑު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކޮށް ބިޑް ހުށަހެޅުމުގެ ތާރީޚާއި ގަޑި ތިރީގައި އެވަނީއެވެ.

ތަފްޞީލް

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

18 އޮގަސްޓް 2020، އަންގާރަ

13:00

ކައުންސިލް އިދާރާގައި

ބީލަން ހުށަހެޅުން

25 އޮގަސްޓް 2020، ބުދަ

13:00

ކައުންސިލް އިދާރާގައި

                 

މަޢުލޫމާތު ސާފުކޮށް ބީލަން ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ. ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6580026 އާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.                     

12 އޮގަސްޓް 2020