ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)308/2020/43
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 09:52
ސުންގަޑި: 16 އޮގަސްޓް 2020 13:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތިތައް މަރާމާތުކުރުމާއިގުޅޭ

އިޢުލާން

މަގުބައްތިތައް މަރާމާތުކުރުމާއިގުޅޭ

މިކައުންސިލްގެ ބެލުމުގެދަށުގައިވާ މަގުބައްތިތަކުގެ ތެރެއިން މަރާމާތުކުރަންޖެހޭ ބައްތިތައް މި އިދާރާއިންތަކެތި ދިނުމުން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މަޢުލޫމާތު ސާފުކުރުން އޮންނާނީ 16 އޮގަސްޓު 2020 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި އިދާރާގައި އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 19 އޮގަސްޓު 2020 ވާ ބުދަ ދުވަހުގެ 13:00 ގައި މި އިދާރާގައެވެ.

މަސައްކަތުގެ މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ދިވެހިރާއްޖޭގައި ވިޔަފާރި ކުރުމަށް ރަޖިސްޓްރީ ކޮށްފައިނުވާ އެއްވެސް ފަރާތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި "މަގުބައްތިތައް މަރާމާތުކުރުމަށްއެދި'' މިހެން ލިޔެފައި އޮންނަންވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.                      

12 އޮގަސްޓް 2020