ތަމްރީނު
ނަންބަރު: (IUL)160-CS/1/2020/22
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 18:10
ސުންގަޑި: 24 ސެޕްޓެންބަރު 2020 13:30
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒުގައި 2020 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ ކޯސްތަކަށް އިޢްލާންކުރުން.

އިޢުލާން

 

  ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒުގައި 2020 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

 

ކޯސް ހިންގާ ތަން:

  • ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒު (މާލެ)
  • ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒުގެ ހުޅުމާލޭ ގޮފި

 

ޤިރާއަތު ސެޓްފިކެޓް 1

ޝަރުޠު:       1- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )

2- ޢުމުރުން 16 އަހަރު ފުރިފައިވުން.

3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:        8 ހަފްތާ

ޖާގަ:          90

 

ޤިރާއަތު ސެޓްފިކެޓް 2

ޝަރުޠު:       1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 1 ހަދާ ފާސްވެފައިވުން.

2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:        1 (އެކެއް) ސެމިސްޓަރ

ޖާގަ:         60

 

ޤިރާއަތު ސެޓްފިކެޓް 3

ޝަރުޠު:       1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 2 ހަދާ ފާސްވެފައިވުން.

             2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:       1  އަހަރު ( 2 ސެމިސްޓަރ )

ޖާގަ:          60

 

ޤާރީ ކަމުގެ އެޑްވާންސް ސެޓްފިކެޓް

ޝަރުޠު:       1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 3 ހަދާ ފާސްވެފައިވުން.

2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:       2 ސެމިސްޓަރ

ޖާގަ:         60

  • މިކޯސް ހިނގުމަށް ހަމަޖެހިފައި ވަނީ މާލޭގައެވެ.

        ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭފޯމު 2020 އޮގަސްޓް 11 ވާ އަންގާރަ ދުވަހުން ފެށިގެން މަރުކަޒުގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2020 ސެޕްޓެންބަރ 24 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީއާއެކު [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. މެއިލް ކުރައްވާއިރު މެއިލްގެ ސްބަޖެކްޓްގެ ގޮތުގައި “Semester 2, 2020”  ޖެއްސެވުން އެދެމެވެ.

މި ކޯސްތަކަށް ހޮވޭ ދަރިވަރުނަށް ބަސްދީގަތުން އޮންނާނެ ތާރީހެއް ފަހުން އަންގާނެވާހަކަ ދަންނަވަމެވެ.

10 އޮގަސްޓް 2020