ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2020/82
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 23 އޮގަސްޓް 2020 13:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމާބެހޭ

މި އިޢުލާންވަނީ 19 އޮގަސްޓް 2020 08:19 ގައި ބާތިލް ކުރެވިފައެވެ.


ކުޅުދުއްފުށީ ކައުންސިލަށް ޤާނޫނީ ލަފަޔާއި މަޝްވަރާ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 11 އޯގަސްޓް 2020 (އަންގާރަ) ދުވަހުން ފެށިގެން 18 އޯގަސްޓް 2020 (އަންގާރަ) ދުވަހުގެ 09:00 ން 13:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އަދި ދެންނެވިފައިވާ ގަޑީގައި މި އިދާރާގެ ނަންބަރ 6528831 އާއި ގުޅުއްވައިގެން ރަޖިސްޓަރީ ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

  • މަޢުލޫމާތު ދިނުން 19 އޯގަސްޓް 2020 ވާ (ބުދަ) ދުވަހުގެ 13:00 ގައި
  • އަންދާސީ ހިސާބު ހުށަހެޅުން 23 އޯގަސްޓް 2020 ވާ (އާދީއްތަ) ދުވަހުގެ 13:00

މަޢުލޫމާތު ދިނުމާއި،އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށި ކައުންސިލް އިދާރާގައެވެ. މަޢުލޫމާތު ޝެޝަންގައި ބައިވެރި ވެލެއްވޭނީ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. މާއުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައިވާ ރަޖިސްޓަރީ ކުރެވިފައިވަ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

10 އޮގަސްޓް 2020