ދިވެހިރާއްޖެ
ނީލަން ކިޔުމާއި ބެހޭ
ރަތަފަންދޫ ސްކޫލުގެ އިމާރާތްތަކުން ނަގާފައިވާ ތަކެއްޗާއި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުން
ދައުލަތުގެ މުދާ އެއް އޮފީހުން އަނެއްއޮފީހަށް ބަދަލުކުރުމާއި، ބާވެހަލާކުވެގެން ނުވަތަ ބޭނުންކުރެވެންނެތް ދައުލަތުގެ މުދާ
ނީލަންކިޔުމާއި، ނައްތާލުމާއި ގުޅޭ އުސޫލުގެ 2 ވަނަ ނަންބަރުގެ (ހ)ގައިވާ ގޮތުގެމަތިން ރަތަފަންދޫ ސްކޫލްގައި ހުރި ތިރީގައި
މިދަންނަވާ ތަކެތީގެ ނީލަން ކިޔުން 20 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 14:00 ގައި ރަތަފަންދޫ
ސްކޫލްގައި އޮންނާނެއެވެ.
ވީމާ ނީލަމުގައި މިތަކެތި ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން، ނީލަމުގައި ބައިވެރިވުމަށް 20 އޮގަސްޓް
2020 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 14:00 ގައި ރަތަފަންދޫ ސްކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް އެޑްމިން އޮފިސަރ ހައިޝިއްޔާ ނަޖީބު (7973947) އަށް ގުޅުއްވުން އެދެމެވެ.
| މިހާރުގެ ހާލަތު | ނީލަންފެށުމަށް ހަމަޖެހިފައިވާއަގު | ތަކެތީގެ ބާވަތް | # | 
| ބޭނުންކޮއްފަ ހުރިތަކެތި | 200 ރުފިޔާ | ޕާޓިޝަން | 1 | 
| ކުރީގެ އިމާރާތުގައި ބޭނުންކޮއްފަ ހުރިތަކެތި | 100 ރުފިޔާ | ސީލިންގ ފަންކާ | 2 | 
| ބޭނުންކޮއްފަ ހުރިތަކެތި | 300 ރުފިޔާ | ދިޔަދޮވި | 3 | 
ނޯޓް:  
- ނީލަމުގައި ބައިވެރިވުމަށް މިސްކޫލަށް ވަންނަވާއިރު އަތްދޮވުމާއި މާސްކުއެޅުއްވުމާއި އެކު އެޗް ޕީ އޭގެ އިރުޝާދާއި އެއްގޮތަށް އިޖުތިމާޢީ
- ގައިދުރުކަން ބަހައްޓަން ވާނެ އެވެ.
ވީމާ މިކަން އާންމުކޮން އަންގާ އިޢުލާން ކުރަމެވެ.