ދިވެހިރާއްޖެ
އިޢުލާން
ކ.ހިންމަފުށިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމާއި ގުޅިގެން ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ،ފަރާތްތަކަށް ޕޮއިންޓްލިބިފައިވާ ގޮތާއި ގުޅޭ ޝަކުވާގެ މުއްދަތު އިތުރު ކުރުމާއި ގުޅޭ
ކ.ހިންމަފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު އިޢުލާން
(IUL)335-AS/335/2020/54 އާއި ގުޅިގެން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު އިތުރު ކުރުމަށް ގޯތި ކޮމެޓީއަށް ފެންނާތީވެ، ޝަކުވާ ހުށައެޅުމުގެ މުއްދަތު އިތުރު ކުރުމަށް ނިންމައިފީމެވެ.
ވީމާ, ޕޮއިންޓް ލިބިފައިވާ ވަގުތީ ލިސްޓްގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޝަކުވާ އެއްހުށަހަޅަން ބޭނުންވާނަމަ، " ކ. ހިންމަފުށިން ދޫކުރާ 100 ގޯއްޗަށް އެދިފައިވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާ ފޯމް " ފުރުމަށްފަހު 12 އޯގަސްޓް 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާގެ މެއިލްއަށް [email protected] ނުވަތަ ހިންމަފުށީ ކައުންސިލްގެ އިދާރާއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިތުރުކޮށް ހުޅުވާލަމެވެ.
ޕޮއިންޓް ލިބިފައިވާވަގުތީ ލިސްޓްގައިވާ ފަރާތްތަކުން ހުށަހަޅުއްވާ ޝަކުވާތަކަށް ހިންމަފުށީ ކައުންސިލް އިދާރާއިން ނުވަތަ މެއިލްގެ ޒަރީޢާއިން ޖަވާބު ލިބިލައްވާނެއެވެ. އަދި ޕޮއިންޓް ލިބިފައިވާ ވަގުތީލިސްޓުގައިވާ ފަރާތްތަކަށް ހުށަހެޅޭ ޝަކުވާއާއި، އަދި އެހެނިހެން ސަބަބުތަކާއިގުޅިގެން ޕޮއިންޓް ލިބިފައިވާ ވަގުތީލިސްޓަށް ބަދަލު އައުން އެކަށީގެންވާ ކަމުގައި ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.