ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)392-BF/392/2020/31
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި: 23 ޖުލައި 2020 00:00
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކްނިކް އޭރިޔާ ރުއްގަހުގެ ބަދަލު ދިނުމާބެހޭ

             ވޭމަންޑޫގައި ޕިކްނިކް ދިއުމަށް ވޭމަންޑޫ ތުނޑިން ތަރައްޤީކުރާ "ޕިކްނިކް އޭރިޔާ" ސަރަޙައްދު ސާފުކުރުމުގެ ގޮތުން އެ ސަރަޙައްދަށް އަރާ ރުއްގަހުގައި ނަންބަރު ޖަހާފައިވާނެއެވެ.

             ވީމާ، ޤާނޫނު ނަމްބަރު 1998/21 ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫން ) އާއި އެއްގޮތައް ހުއްދަލިބިގެން އިންދާފައިވާ ރުއްގަސްތައް އެރުއްގަހުގެ ވެރިފަރާތުން ކައުންސިލަށް ބަދަލުގެ މައްސަލަ ހަމަޖެއްސުމަށްޓަކައި އެރުއްގަހުގެ ވެރިން، އެ ރުއްގަހުގައި ޖަހާފައިވާ ނަންބަރު 23 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ވޭމަންޑޫ ކައުންސިލަށް އެންގުމަށް ދެންނެވީމެވެ. އަދި ދަންނަވަމެވެ. މިދެންނެވި ސަރަޙައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އިންދާފައިހުރި ރުއްގަސްތައް އެރުއްގަހުގެ ވެރިފަރާތުން ނެންގެވުން އެދެމެވެ. އިޢްލާންގެ މުއްދަތު ހަމަވާއިރު ވެރިފަރާތް ނާންގަވާހުރި ރުއްގަހާއި ޤަވާޢިދާއި ޚިލާފަށް އިންދާފައިހުރި ރުއްގަސްތައް ނައްތާލެވޭނެއެވެ.

07 ޖުލައި 2020