ދިވެހިރާއްޖެ
މަސްވެރިކަން ކުރިއެރުވުމުގެ ގޮތުން ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ފުރުސަތު ހުޅުވާލައި އައު ކުންފުނިތަކުން މަސް ގަތުމުގެ ހުއްދަ ދިނުމުގެ ފުރުސަތު މިއަދު ސަރުކާރުން ހުޅުވާލައިފިއެވެ.
މިމަޝްރޫއުގެ މަޤްޞަދަކީ ރާއްޖޭގެ މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެވޭނެމަގު ތަނަވަސްކޮށްދީ، ބާނާ ހުރިހާމަހުން އަގު އެއްކުރި އުފެއްދުންތައް އުފައްދާ ރާއްޖޭގައި ބާނާ މަހުން އިތުރު ނަފާ ލިބިދޭނެ މަގު ތަނަވަސް ކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.
މިމަޝްރޫޢުގެ ދަށުން ކަޅުބިލަމަސް ގަތުމުގެ ހުއްދަ ދިނުމުގައި ބަލާނެ ހަމަތައް އަދި ހުއްދަ އަށް އެދި ޕްރޮޕޯސަލް ހުށަހަޅަންޖެހޭގޮތުގެ ގައިޑްލައިން، ސަރުކާރު ރަސްމީ ގަޑީގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ކައުންޓަރުންނާއި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
މިމަޝްރޫޢުއަށް އެދި ހުށަހަޅާ ޕްރޮޕޯސަލް ބަލައިގަންނާނީ ރަސްމީ ގަޑިތަކުގައި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުގެ ކައުންޓަރުންނެވެ.